ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފް
ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފް
ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފްއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ބެލި ސުކޫލީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިިފި އެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްނަގައިގެން 24 އެޕްރީލް 2019 ވަނަ ދުވަހު ތަޙްޤީޤުކުރުމަށް ނިންމާފައިވާ ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފްގެ ސުލޫކީ މައްސަލަ، ތަޙްޤީޤުކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 18 ނޮވެމްބަރު 2020 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 87 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ކުރިން ކްރިމިނަލް ކޯޓު ހިންގުމާ ވެސް ހަވާލުވެ ހުންނެވި ގާޒީ އާރިފް އަކީ ބޮޑެތި ބައެއް މައްސަލަތައް އެ ކޯޓުގައި ބެއްލެވި ފަނޑިޔާރެކެވެ.

އެގޮތުން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އާއި ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތަކާއި މަރުގެ ބޮޑެތި ބައެއް މައްސަލަތައް ވެސް އާރިފް ބެއްލެވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ވެސް އޭނާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން