ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ކ. ރަށްފަޅުހުރާއިން 53 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ރަށްފަޅުހުރާއިން އިއްޔެ އިތުރު 15 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހު ރަށްފަޅު ހުރާއިން ވަނީ 26 މީހުން ޕޮޒިޓިވް ވެފައެވެ. އަދި 16 ވަނަ ދުވަހު 21 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އެ ކްލަސްޓާގައި ހިމެނޭ ހަތަރު ރަށުން 134 މީހުން ކަރަންޓީން ކޮށްފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހަދަމުންދާ ރިސޯޓްތަކާއި އޮޕަރޭޝަންގައި ހުރި ރިސޯޓްތަކުގައި ބަލި ފެތުރެމުން ނުދާކަން ކަށަވަރު ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން މި ވަގުތު ކުރަމުން ގެންދަނީ ހަދަމުންދާ ރިސޯޓްތަކުން ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ކ. ރަށްފަޅު ހުރާއިން 53 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އެޗްއީއޯސީން ބުނީ ރަށްފަޅު ހުރާ ތަރައްޤީ ކުރުމުގެ ޕްރޮޖެންޓްގައި 2000 މީހުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިން ތަރައްޤީކުރާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑުގައި މަތީ ފަންތީގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް 90 ވިލާ ހުންނާނެ އެވެ. ރަށްފަޅު ހުރާ ފަޅު ތަރައްގީ ކުރަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ. މުޅި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރާއިރު، އެ ރަށުގައި ތަފާތު ތިން ގިންތިއެއްގެ ރިސޯޓުތައް ހިންގާނެ އެވެ. މި މަޝްރޫއު ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ.
ރާއްޖެއިން މިހާތަނަށް 12452 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 11475 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން 45 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު