ސަފާރީ ބޯޓެއް - (ފޮޓޯ: ސޯޝަލް މީޑިއާ)
ސަފާރީ ބޯޓެއް - (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭ ކައިރީގައި އޮތް ޔޮޓަކުން 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި މާލޭ ކައިރީގައި އޮތް ޔޮޓަކުން 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިއްޔެ ވަނީ ރާއްޖެއިން 68 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 40 ބިދޭސީންނެވެ. އެޗްޕީއޭއިން ބުނީ 27 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 46 ފަތުރުވެރިންނާއި 110 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 11 ރަށެއްގައި ބައްޔަށް ޕޮޒިޓިވް މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 925 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 36 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 32 މީހުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން