މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ދައުލަތުގެ ރިކަރަންޓް ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ކުޑަކުރެވޭނީ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްގެންކަމަށާއި ނަމަވެސް އެއީ މިފަދަ ދަނޑިވަޅެއްގައި ކޮށްގެން ވާނޭކަމެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޤްތިޞާދަށް އަލުން ދިރުން ގެންނަން ކުރެވެން އޮތް މަސައްކަތެއް ސަރުކާރުން ކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތު އާބާދީގެ ބޮޑު ބަޔަކީ ދައުލަތުގެ މުވައްޒަފުންކަމަށާއި ރިކަރަންޓް ޚަރަދުކުޑަކުރެވެން އޮތީ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްގެންކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް މިފަދަ ދަނޑިވަޅެއްގައި މުސާރަކުޑަކޮށްގެން ނުވާނެކަމަށާއި އަދި ވަޒީފާގެ ރައްކާތެރިކަންވެސް ކަށަވަރުކުރަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ގޭބީސީތަކުން ކުރާ ޚަރަދުތައް ކުޑަވާނެ ބަދަލެއް ސަރުކާރުން ގެނެސްގެން ނުވާނެކަމަށެވެ. އަދި މާލީ ސިޔާސަތު ބައްޓަންކުރަންވާނީ އިޤްތިޞާދު އަލުން ކޮޅަށްޖެހެންދެން އިޤްތިޞާދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާފަދަ ގޮތަކަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



މާލީ ކަންކަމާއި އިޤްތިޞާދީ ކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޝަރީފް ގެންދަވަނީ މިދަނޑިވަޅުގައި ސަރުކާރުން އިޤުތިޞާދީ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާމެދު ވަރަށް މުހިންމު އިރުޝާދު ތަކެއް މުންނެވެ. އެގޮތުން މިއީ އުނދަގޫ ނިންމުންތަކެއް ނިންމަންޖެހޭ ދަނޑިވަޅެއްކަމަށާއި އަދި މިއީ ސަރުކާރުން ރައްޔިތުންގެ މާލީ ފުދުންތެރިކަން ކަށަވަރުކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވިއެވެ.

މީގެއިތުރުން އިޤްތިޞާދު އިނދަޖެހިފައިވާ މިދަނޑިވަޅުގައި ސިޔާސީ މީހުންގެ އަމިއްލަ މަސްލަހަތު އިސްނުކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން އިސްކުރަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-16

އަބްދޫ

25-Nov-2020

ރައީސަށް ގާނޫނުއަސާސީން ލިބިދޭ އިހްތިޔާރު ގެ ދަށުން މަގާމްތަކަށް ލެއްވޭނީ މިނިސްޓަރުން ސްޓޭޓް މިނިސްޓަރުން މިނިސްޓަރުގެ ނާއިބުން ބޭރުގެ ސަފީރުން މިފެންވަރުގެ މަގާމްތަކުގެ މީހުން އެކަނި.މިއަދަދުގެ ޖުމްލަ ގިނަވެގެން 50 އަށް ވުރެ މަތިވެގެން ނުވާނެ.ޕާޓީ ކުދިންނާ އާއިލާ މީހުނާ ރައްޓެހިންނަށް މަގާމްދީ ހާހެއްހާ މީހުނަށް މަގާމްދިނުމަކި ބަޔަކަށް ނާޖާއިޒުފައިދާ ހޯދާ ދިނުމުގެ މިންގަނޑަށް ފެތި ދައުވާ އުފުލިދާނެ ކަމެއް.


2

އަބްދޫ

25-Nov-2020

ރައީސަށް ގާނޫނުއަސާސީން ލިބިދޭ އިހްތިޔާރު ގެ ދަށުން މަގާމްތަކަށް ލެއްވޭނީ މިނިސްޓަރުން ސްޓޭޓް މިނިސްޓަރުން މިނިސްޓަރުގެ ނާއިބުން ބޭރުގެ ސަފީރުން މިފެންވަރުގެ މަގާމްތަކުގެ މީހުން އެކަނި.މިއަދަދުގެ ޖުމްލަ ގިނަވެގެން 50 އަށް ވުރެ މަތިވެގެން ނުވާނެ.ޕާޓީ ކުދިންނާ އާއިލާ މީހުނާ ރައްޓެހިންނަށް މަގާމްދީ ހާހެއްހާ މީހުނަށް މަގާމްދިނުމަކި ބަޔަކަށް ނާޖާއިޒުފައިދާ ހޯދާ ދިނުމުގެ މިންގަނޑަށް ފެދި ދައުވާ އުފުލިދާނެ ކަމެއް.



ޓްރެންޑިން