އެޕިސޯޑް 08
...............
އޭރު އަދުހަމް، އޭނާގެ ދެލޯ ފަދައިން އެދޭ ލޯބިވެރިޔާ ލަމްހާގެ ގޭގައި ލަމްހާގެ ކޮޓަރީގައި ލަމްހާގެ ގާތުގައި އިނދެގެން، ލަމްހާއަށް އޭނާގެ ބައްޕަ ރޭވި ކައިވެނީގެ ވާހަކަ ކިޔާދެނީއެވެ. އަދި ނުހަނު އުފަލާއެކު އޭނާ ބައްޕަގެ އެ އުއްމީދުތަކުގައި ނިމުމުގެ ސިއްކަޖެހި ގޮތުގެ ވާހަކަވެސް ކިޔާދިނެވެ. [މާއިޝާ ހަމަ އަދޫ އެދުނު ގޮތަށް އެއްބަސްވީތަ؟] އުފާވެފައި ހުރި ލަމްހާ އެއްސެވެ.
[އެއްބަސްވާނެއެއްނު. މާއިޝާ އަހަރެންދެކެ ހާދަ ލޯބިވެޔޭ....އެވަރަށް ލޯބިވަންޏާ، އުފާތަކަށް ހުރަހެއް ނާޅާނެއެއްނު.] ފަޚްރުވެރިވަމުން އަދުހަމް ބުންޏެވެ. ލަމްހާގެ ގާތަށް ހިނިއައެވެ.
ސީދާ އަދުހަމްގެ ކައިވެންޏާ ބެހޭގޮތުން ބައްޕަ އަދުހަމް ގާތު ވާހަކަ ދެއްކީ ޖެހިގެން އައި ދުވަހުގެ މެންދުރެއްހާއިރެވެ. އޭރު ގާތުގައި އަދުހަމްގެ މަންމަވެސް އިނެވެ.
[ސީދާ ދަރިފުޅު ގާތު އަހާނުލާ ކައިވެނިކުރާނެ ދުވަހެއް ކަނޑަނާޅަންވެގެން، ދަރިފުޅު މިގެނައީ.....ކައިވެނިކުރާނެ ތާރީޚެއް ކަނޑައަޅަންވާނީ ދަރިފުޅާއި މާއިޝާ ވާހަކަ ދައްކައިގެން، ދެކުދިންވެސް ހިތްހަމަޖެހޭ ގޮތަކަށް....]
ކައިވެންޏަށް އަދުހަމް ރުހޭތޯވެސް އަހާނުލާ ޒުހޫރު ފުރަތަމަވެސް ދެއްކީ، ކައިވެންޏަށް ތާރީޚް ކަނޑައަޅާ ވާހަކައެވެ.
އަދި އެހާ އަވަހަށް ކައިވެންޏެއް ކުރާ ޚިޔާލު ނުކުރާ ކަމަށާއި، މާއިޝާއާ ވާހަކަ ދައްކައިގެން ގޮތެއް ނިންމާނެ ކަމަށް ބުނެފައި، އަދުހަމް އުޅުނީ ތެދުވެގެން ހިނގައިގަންނާށެވެ.
[އަދި ނުގޮސް މަޑުކޮށްބަލަ ދަރިފުޅާ....ލައިނުގަނެގެން ކޮންތާކަށް ދާން ތިއުޅެނީ؟] ޒުހޫރު އަދުހަމް ހުއްޓުވިއެވެ. އަދުހަމް އަނެއްކާވެސް އިށީނދެއްޖެއެވެ.
[ޝިޔާޒްމެންގެއަށް ވަދެލަން ކަމަށް.] އަދުހަމް ހިނިތުންވެލާފައި ޖަވާބު ދިނެވެ.
[ދަރިފުޅާ...ކައިވެނި ފަސްކުރުމުގެ ބޭނުމަކީ ކޮބާ....މިހާރު ދަރިފުޅަށްވެސް ތިހުރީ ވިހި ފަންސަވީސް އަހަރުވެފައި ވިއްޔަ....] ކައިވެނި ފަސްކުރާކަށް ޒުހޫރު ބޭނުމެއް ނޫނެވެ.
[އެކަމަކު ބައްޕާ....އަހަރެން އަދި މީހަކާ އިންނަހިތެއް ނެތް. އަހަރެން މީހަކާ ނީނދެ ހުންނާތީ އުނދަގޫވަނީތަ؟] ހިތްހަމަނުޖެހިފައި އަދުހަމް ބުންޏެވެ.
]ނޫން...އެއްގޮތަކަށްވެސް އެހެނެއް ނޫން. ބައްޕަ ޖެހިލުންވަނީ މާއިޝާގެ ޚިޔާލު ބަދަލުވެ، އެމަންޖެ އެހެން ކައިވެންޏަކަށް ފައި ނަގާފާނެތީ....އެކަމަކު ބުނަން، ކައިވެނި ފަސްކުރިޔަސް، ފަހުންވެސް ދަރިފުޅު އިންނަންވާނީ މާއިޝާއާ.] ޒުހޫރު އަދުހަމްގެ ބޮލުގައި އަތް ކާއްތާލިއެވެ.
[އާނ....ބައްޕާ...އެކަމަކު އަހަންނަށް މާއިޝާއާ އިނދެވޭނީ އޭނާ އިންނާން ހުރިއްޔާއެއްނު.....] ބައްޕަގެ ހިތްހަމަޖައްސާލަ ދިނުމުގެ ގޮތުން އަދުހަމް ބުންޏެވެ.
[އަހަރެން އަދުހަމަކާ ނީންނާނަން. އަދި ކައިވެންޏެއް ކުރާކަށް އަހަރެން ތަޞައްރަފެއް ނުފުދޭ.] މާއިޝާ ވާހަކަ ދެއްކީ އޭނާގެ މަންމަ ނަސީމާއާއެވެ. ކުއްލިއަކަށް މާއިޝާގެ ވާހަކައާއި ރާގު ބަދަލުވުމުން ނަސީމާއަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ.
[ދަރިފުޅާ!؟ ކީއްވެ ކުއްލިއަކަށް ޚިޔާލު ބަދަލުވީ.] ނަސީމާ އެއްސެވެ. ޙައިރާންކަމާ އެކުގައެވެ.
[މަންމާ...ކުރިން އަހަރެން ކައިވެންޏާ ރުހުނީ އަންބެއްގެ ވާޖިބަކީ ކޮބައިކަން ނޭނގި. މިހާރު އަހަންނަށް ވިސްނިއްޖެ. އަދި ކައިވެންޏެއް ކުރަން އަހަރެން ތަޞައްރަފު ނުފުދޭކަން.] މާއިޝާ އަދުހަމަށްޓަކައި ލޯބި ޤުރްބާންކޮށް ކަފުންކުރަމުން ދިޔައެވެ. ހިތާމަތައް ކަޝްފުކޮށް ކަރުނަތައް ހިންދަމުންނެވެ.
[އެކަމަކު ދަރިފުޅާ...ދަރިފުޅު ތިހެން ހެދީމާ މަންމަމެން ޒުހޫރުމެނަށް ދައްކާނީ ކޮން މޫނެއްތަ؟ ޒުހޫރު ބުނިވިއްޔަ، އަދުހަމްވެސް ބޭނުންވަނީ ކައިވެނި އަވަސްކުރާށޭ....] ނަސީމާ ކަންބޮޑުވީ، ދެޢާއިލާގެ ދުވަސްވީ ރަޙްމަތްތެރި ކަމަށް ކިލަނބުކަން އަތުވެދާނެތީއެވެ.
[މަންމައާއި ބައްޕަ ހާސްވެ ކަންބޮޑުވާނެ ކަމެއް ނެތް. އަހަރެން އަދުހަމާ ވާހަކަ ދައްކައިގެން ކައިވެނި ފަސްކުރަން ބުނާނަން. މާ އަވަސް އަރައިގަނެގެން ނޫޅުނަސް، ފަހުންވެސް އަހަރެމެންގެ ކައިވެނި ކުރެވިދާނެއެއްނު.] ޒިންމާ ނަގަމުން މާއިޝާ ބުންޏެވެ.
އޭނާ ދެރަވެ ރުއީ ކޮޓަރިއަށް ވަދެ އެކަނިވީމައެވެ. ޙަޤީޤަތުގައި އޭނާ އަދުހަމްދެކެ ވަރަށް ލޯބިވެއެވެ.
އެހެން ނަމަވެސް، އެ ލޯބީގެ ރާޙަތަށް އެދި އަދުހަމާ ދެކޮޅަށް ފައިނަގާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އަދުހަމްގެ ލޯބި ހޯދާނީ ސީދާ އަދުހަމްގެ ރުހުމުގައެވެ. މިއަދު އޭނާ އަދުހަމްގެ އުފަލަށްޓަކައި އަދުހަމްގެ ލޯބިން އެއްކިބާވި ކަމުގައިވިޔަސް، އަދިވެސް އޭނާ އެ ލޯތްބަށް އިންތިޒާރު ކުރާނެއެވެ. އޭނާ އުއްމީދު ކުރެއެވެ. އަދި އަދުހަމް އޭނާއަށް ލޯބިދޭން އޭނާގެ ގާތަށް އަމިއްލައަށް އަންނާނެއެވެ. އެދުވަސް އަންނަންދެން އެއްވެސް ފޫހިކަމެއްނެތި އޭނާ އަދުހަމަށް އިންތިޒާރު ކުރާނެއެވެ.
[އާނ، އަހަރެން ދުނިޔެ ޢުމުރަށްވެސް އިންތިޒާރު ކުރާނަން.] އަދުހަމް ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާ ލަމްހާއާއެވެ. އެދެލޯބިވެރިން ތިބީ ލަމްހާގެ ގޭގައި ލަމްހާގެ ކޮޓަރިތެރޭގައެވެ.
ލަމްހާގެ ފުރުން ކައިރިވާ ވަރަކަށް މިފަދަ އެކަހެރި ބައްދަލުވުންތައް، އެދެލޯބިވެރިންގެ މެދުގައި އަންނަނީ އިތުރުވަމުންނެވެ. އިތުރުވާ ބައްދަލުވުންތަކާއެކު ދެމެދުގައިވާ ގުޅުންތައްވެސް އަންނަނީ އިތުރަށް ވަރުގަދަވެ ބަދަހިވަމުންނެވެ.
މިފަދައިން ކިތަންމެ އެކަހެރި ބައްދަލުވުންތަކެއް ތަކުރާރުވި ކަމުގައިވިޔަސް، އެދެލޯބިވެރިން އިސްލާމީ ގިއުގަނޑުތެރެއިން ޚިޔާލުތަކެއް އެއްކިބައެއް ނުކުރެއެވެ. އަބަދުވެސް އިސްލާމްދީނުގެ ރީތި އާދަތައް އެދެލޯބިވެރިންގެ ސިކުނޑީގައި ކުރެހިފައިވެއެވެ.
ދެމީހުންކުރެން އެކަކުވެސް ކައިވެނީގެ އިމުން ބޭރުގައި ކޮށްގެންނުވާވަރުގެ ކަމަކަށް އަނެކާއަކަށް ދަޢުވަތެއް ނުދެއެވެ. ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއްވެސް އެދެލޯބިވެރިން ޙިއްޞާކުރަން ބޭނުންވަނީ، އާ ކައިވެނީގެ ރޭގައެވެ.
އިންސާނާ ފުރާ ފުރިހަމަވުމަށްފަހު، ޙަޔާތަށް އަންނާނެ އެންމެ އުފާވެރި ރެޔަކީ އަލަތު ކައިވެނީގެ ރެޔެވެ. އެރޭގެ ލައްޒަތަކީ، ލަމްހާވެސް އަދި އަދުހަމްވެސް އިންތިޒާރު ކުރާ އަރާމަކަށްވާތީ، އެދެލޯބިވެރިންވެސް ކެތްތެރިކަން އިޚްތިޔާރު ކުރެއެވެ.
[ލަމްހާ...ލަމްހާ...ވާނެ އަހަންނަށް ކޮންމެ މަހަކުވެސް ސިޓީ ފޮނުވަން. އެހެން ނޫނީ ބައްޕައަށް ކޮންމެވެސް މަކަރެއް ހަދާފައި އަހަންނަށް ޖެހިދާނެ އޮސްޓްރޭލިޔާއަށް ދާން.] އަދުހަމް ލަމްހާ، އޭނާގެ މޭގައި ލައްކޮށްލަމުން ބުންޏެވެ. ލަމްހާ ރަނގަޅަށް އަދުހަމްގެ މޭގެތެރެއަށް ބޮނޑިވެލިއެވެ.
[އަދި ނޭނގެއެއްނު ސީދާ އޮސްޓްރޭލިޔާއަށް ކަމެއް ދާންޖެހެނީ. ފަހަރެއްގައި އިންޑިޔާއަށް ކަމަށްވެސް ވެދާނެ.] ލަމްހާ ބުންޏެވެ. އެހެން ވެއްޖެއްޔާ، ކޮންމެ މަހަކު އެއްފަހަރު ލަމްހާއާ ބައްދަލުކުރުމަށް އަދުހަމަށް އިންޑިޔާއަށް ދެވިދާނެއެވެ. ވިޔަފާރި ދަތުރެއް ކަމަށް ބައްޕަ ގާތު ބުނެފައެވެ.
[ބޮޑަށް ރަނގަޅުވާނީ އޮސްޓްރޭލިޔާއިން ފުރްޞަތު ލިބިއްޖެއްޔާ.] ލަމްހާ ބުންޏެވެ.
މިގޮތަށް ދުވަސްތައް ފާއިތުވަމުން ގޮސް މަހުގެ ނަވާވީހަށް އެރިއިރު، ލަމްހާ ކޯހުގައި ދާންޖެހޭ ޤައުމަކާއި ތާރީޚްވެސް އޮފީހުން ލަމްހާއަށް އެންގިއެވެ.
[އިންޑިޔާއަށް ދާން ޖެހެނީ. މިހާރު ފުރުންވެސް އަވަސްވެއްޖެ.] ލަމްހާ ވާހަކަ ދެއްކީ ސާދުނާއާ އެވެ.
[އެކަމަކު އޮސްޓްރޭލިޔާ، ޔޫ.ކޭ ކަހަލަ ޤައުމަކަށް ދާން ޖެހުނުނަމަ ކިހާ ރަނގަޅު.] ސާދުނާ ބުންޏެވެ. ލަމްހާއަށްވެސް ރަނގަޅީ އެގޮތެވެ.
[ހުރިހާ މޮޅެއް ނުލިބޭނެ. މިންވަރަށް އީމާންވާންވާނެ.] ލަމްހާ ބުންޏެވެ.
ލަމްހާއަކީ އެވަގުތަކު ދިމާވާ ކޮންމެ ޙާލަތަކަށްވެސް ދިރިއުޅުން ފައްތަން ދަންނަ ކުއްޖެކެވެ. އޭނާއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމަކުންވެސް އޭނާ އުފަލެއް ނުވެއެވެ. މަންމައާއި ބައްޕަގެ ތަނަވަސްކަމާއި މިލްކުތަކަކަކީ އެކަނި އޭނާގެ ޙައްޤުގައި އެއްކުރެވިފައިވާ ތަކެތި ކަމުގައިވިޔަސް، އޭނާ ފަޚްރުވެރިއެއް ނުވެއެވެ. ބޮޑަށް އޭނާއަށް އިޙްސާސް ކުރެވެނީ އެކަނިވެރިކަމެވެ. ކޮއްކޮއެއް، ބޭބެއެއް އަދި ދައްތައެއް ނެތްކަމުގެ އުނިކަން އިންތިހާއަށް އޭނާއަށް އިޙްސާސް ކުރެވެއެވެ. ނަމަވެސް، އެކަންތައްތަކަށް އޭނާ ކެތްތެރިވެއެވެ. އޭނާގެ ޢުމުރުން ހަގު (ތުއްތުއިރު) މަންމައާއި ބައްޕަ ގާތު ކޮއްކޮއަކު ހޯދައިދިނުމަށް އެދުނު ކަމުގައިވިޔަސް، މިހާރު އޭނާ ވަނީ އެކަނިވެރި ކަމަށް ހޭނިފައެވެ. އެ ފަޅުކަން ފިލުވުމަށްޓަކައި މިހާރު އޭނާ ޙިއްޞާ ކުރަނީ މަންމައާއި ބައްޕަގެ އިތުރުން ރަޙްމަތްތެރިންނާއެވެ. ޔަޤީންވާ އެއްކަމެއްވެއެވެ. ގައިމުވެސް ލަމްހާ، އޭނާ ދަރިއަކަށް އޭނާ ކުރާފަދަ އިޙްސާސްތަކެއް ކުރުވިޔަކަ ނުދޭނެއެވެ.
އޭނާ އުފަންކުރާ ޢާއިލާއިން ބޭބެއަކާއި ކޮއްކޮއެއް އަދި ދައްތައެއްވެސް އޭނާ ދެކެން ބޭނުމެވެ. އޭނާ އެފަދައިން ފޮނި ހުވަފެންތަކެއް ދުށް ކަމުގައިވިޔަސް، ތަޤްދީރާމެދު އަބަދުވެސް އޭނާ ހަނދާން ހުރެއެވެ. އޭނާގެ މަންމައާއި ބައްޕައަށްވެސް އޭނާ ފިޔަވައި އިތުރު ކުއްޖަކު ނުލިބުނީ އެމީހުން ބޭނުންނުވާތީކީ ނޫނެވެ. ތަޤްދީރު ރޭވިފައިވާ ގޮތުން ޒައިނަބަށް އިތުރު ކުއްޖަކު ވިހެއުމަށް ޙާލަތު ތަން ނުދިނީއެވެ. ޒައިނަބްގެ ފުރާނައަށް ނުރައްކާވާނޭ ކަމަށް އޭރުގެ މަޝްހޫރު ޑޮކްޓަރުން ބުނުމުން، ނުވިހާ އޮޕަރޭޝަން ކުރަން ޒައިނަބަށް މަޖުބޫރުވީއެވެ.
[އަދޫ....އަދޫ ބޭނުންވާނީ ކިތައް ކުދިންގެ ޢާއިލާއެއް؟] އަދުހަމްގެ މޭގެތެރޭ މޫނު ފޮރުވަމުން ލަމްހާ އެއްސެވެ.
އަދުހަމް ކުރީ ތިން އިނގިލީގެ އިޝާރާތެކެވެ. އެހިނދު ލަމްހާއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ.
[އަޅޭ ހާދަ މިޒާޖް އެއްގޮތޭ....އަހަރެންވެސް ބޭނުންވަނީ ތިން ކުދިން.] ލަމްހާގެ ދެއަތް އަދުހަމް ވަށާލިއެވެ. ލަމްހާގެ ފުރުން ކައިރިވާ ވަރަކަށް މިފަދަ އުފާވެރި ބައްދަލުވުންތައް ދިޔައީ އިތުރުވެ ވަރުގަދަވަމުންނެވެ.
ބައެއް ބައްދަލުވުންތަކުގައި ކައިވެންޏަށްފަހު ޢާއިލާ ރާވާނެ ގޮތުގެ މަޝްވަރާވެސް ކުރެވެއެވެ. ކޮންމެ ދެލޯބިވެރިޔަކުވެސް ކައިވެނީގެ ކުރިން ޢާއިލާ ރާވާނޭ ގޮތުގެ މަޝްވަރާ ކުރުމަކީ، މިހާރުގެ މުޖްތަމަޢަށް ނިކަން މުހިންމު ކަމެކެވެ.
ދުރާލާ ތައްޔާރުވެގެން ތިބެ ކުރާ ކޮންމެފަދަ ކަމެއްވެސް ދާނީ ފިސާރި ތަރުތީބުކަންމަތީ ފުރިހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު