އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަށް ޖިންސީ ފުރައްސާރަ ކުރި ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޮގިންއަށް ނިކުމެ އުޅުއްވަނިކޮށް ބްރިޖު މަތިން އޭނާއަށް ޖިންސީ ފުރައްސާރަ ކުރި މީހާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަފްޝަން ވިދާޅުވީ، އާއްމު ތަންތަނަކީ އަންހެނުންނަށް ރައްކާތެރި ތަންތަނަށް ވާން ޖެހޭ ކަމަށާއި އެކަން ކަށަވަރު ކުރަން ފުލުހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ޖިންސީ ފުރައްސާރަ ކުރި މީހާ އެވަގުތު ޖޮގިން ކުރަމުންދިޔަ އިތުރު އަންހެނަކަށްވެސް ފުރައްސާރަ ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ފުލުހުން ބުނީ ބްރިޖު މަތިން ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލާގައި 38 އަހަރުގެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން