މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރައަކީވެސް ދިވެހި ރައްޔިތުންގެ ބަޔަކަށް އެއިން ފައިދާކުރާ ރައްޔިތުންނަށް ލިބޭ މުސާރައެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރިީފް ވިދާޅުވީ ދައުލަތް ބޮޑުވިޔަސް ކުޑަވިޔަސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނޭކަމަށެވެ. އަދި ސިޔާސީ މަގާމްތަކަކީވެސް ދިވެހިރައްޔިތުންނަށް ދޭ މަގާމްތަކެއްކަމަށާއި އެބޭފުޅުންގެ މުސާރައަކީވެސް ދިވެހި އާއިލާތަކަކަށް ލިބޭ ފައިސާކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިއީ ލަންކާ ނޫނީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ދޭ މަގާމްތަކެއް ނޫން. އެކަން އޮޅުވާލައިގެން ނުވާނެ. ސިޔާސީ މަގާމްތަކަކީވެސް ދިވެހި ރައްޔިތުންނަށް ދޭ މަގާމްތަކެއް. ދިވެހި ދައުލަތުން ދިވެހި ރައްޔިތުންނަށް ދޭ ކޮންމެ މަގާމަކީވެސް ދިވެހި އާއިލާއަކަށް އެއިން ފައިދާވާނީ. އެއީ ސިޔާސީ މަގާމަކަށް ވިޔަސް، މަޖިލީހުގެ މެމްބަރަކަށް ވިޔަސް." ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ މަގާމްތަކުގެ މުސާރަ ކުޑަކުރުމާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރައަކީ ވަރަށް ގިނަ ރައްޔިތުންނަށް ލިބޭ މުސާރައެއްކަމަށާއި އޭއިން ގިނަ ރައްޔިތުންތަކަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ލިބޭ މުސާރައިން އާއިލާއަށް ކާންބޯން ހަރަދު ކުރަނީ އެންމެ ހައެއްކަ އަށެއްކަ ހާސް ރުފިޔާ. އެހެން މީހުންނަށް ބާކީ ފައިސާ ލިބެނީ. މިގައުމަށް ލިބެނީ. ކޮންމެ މީހަކީ ލިބޭ މުސާރައިން އަމިއްލަ ކަންކަމަށް އެކަނި ހަރަދުކުރާ ބައެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ މަގާމްތައް އުފައްދައިގެން ވިޔަސް ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކުރަންޖެހޭކަމަށެވެ. އަދި ރައްޔިތުންނަށް ފައިސާ ދެވެން އޮތްގޮތަކަށް ދޭންވީކަމަށާައި ރައްޔިތުން ނެތް ތަނެއްގައި ސަރުކާރެއްވެސް ނޯންނާނެކަމަށެވެ. އަދި މަޖިލިސް މެމްބަރުންނަށް ބޮޑު މުސާރަ ދީފައި ތިބެނީ ރައްޔިތުން ބަނޑަށް ޖެހުނަ ނުދޭންކަމަށާއި އެހެންނޫނީ ބޮޑު މުސާރައެއް ދިނުމުގެ ބޭނުމެއް ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން