ދިވެހިރާއްޖޭގެ ޖިނާޢީ ކޯޓު
ދިވެހިރާއްޖޭގެ ޖިނާޢީ ކޯޓު
އައްޑޫ ސިޓީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ އަލީގެ ޤާތިލުގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ވިޔަފާރިވެރިޔާ ޢަބްދުﷲ ޢަލީ މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާ ކުރީ، ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީގެ މައްޗަށެވެ. އޭނާ އަކީ ޢަބްދުﷲ ޢަލީ އަށް ބޮޑުބޭބެ ކިޔާ މީހެކެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ މާޗް 2 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަބްދުﷲ އަލީ މަރާލާފައިވަނީ އޭނާ ސައިކަލުގައި ދަނިކޮށް، އޭނާ ދުއްވަމުން ދިޔަ ސައިކަލުގައި ފައިން ޖަހައި ވައްޓާލައި، އޭނާގެ ކަރުގައި ވާފަށެއް ޖަހައި ކަރަށް ބާރުކޮށްގެން ކަމަށެވެ. މިކަމުގައި ޖުމްލަ 4 މީހަކު ބައިވެރިވާކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

ނަމަވެސް އަޙްމަދު އިބްރާހިމް ދީދީ ވަނީ މިކަމަށް ކޯޓުގައި އިންކާރު ކޮށްފަ އެވެ. އެކަމާއި ގުޅިގެން ދައުލަތުން ވަނީ އޭނާ އާއި ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ހުށަހަޅާފަ އެވެ. މީގެ ތެރޭގައި އަލީ އަބްދުﷲ މަރާލި މަންޒަރު ފެނުނު ސިއްރު ހެކިވެރިޔާއާއެކު 22 ހެކިވެރިންނާއި ހަ ކިތާބީ ހެކި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. މި މައްސަލައިގައި އަހުމަދު އިބްރާހިމް ދީދީގެ ޝަރީއަތް ދައުލަތުން އެދިގެން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަލީ އަބްދުﷲ މަރާލި ކަމަށް އަހުމަދު އިބްރާހިމް އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެހެން ކަމުން މިއީ އޭނާ ކުރިކަމެއްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އޭނާ 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

މި މައްސަލައިގައި އަބްދުﷲ އަލީ މަރާލުމުގައި އަހުމަދު އިބްރާހިމް ދީދީއަށް އެހީތެރިވި ތިން މިީހަކަށް ވަނީ އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައިފަ އެވެ. އެއީ ސ. ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި އެރަށު އައްޒާ/ މުބާރިކް މުހައްމަދުގެ އިތުރުން ހަމަ އެރަށު ނަޝީދީގޭ މުހައްމަދު ޝިފާޒުގެ މައްޗަށެވެ. އެ މީހުންގެ މައްސަލަ އަދި ނުނިމެ އެވެ.

އަބްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދަނިކޮށް، އޭނާ މަރާލާފައި އޮއްވާ ފެނުނީ ހިތަދޫ ސްކޫލުގެ އިރުއުތުރު ކަންމަތީގައި އޮންނަ ޗަކަބިމަކަށް މޫނު ވަތަށް އެއްލާލާފައި އޮއްވަ އެވެ. އަބްދުﷲ އަލީ މަރާލުމަށްފަހު އޭނާގެ 40،000 ރުފިޔާ ނަގައިގެން ގެއެއްގައި ވަޅުލައި ފޮރުވާފައި ހުއްޓާ ފުލުހުން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ލައިޓް

24-Nov-2020

މީހަކު މެރީމާ އެންމެ 12 އަހަރު? ޑްރަޤުގެ ވަބާގައި...27 އަހަރު?



ޓްރެންޑިން