މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ކ. މާފުށި މޮނިޓަރިން ޙާލަތަށް ގެނެސްފިއެވެ.

މާފުށީ ކައުންސިލަށް އެޗްޕީއޭ އިން ފޮނުވާފައިވާ އެންގުމުގައިވަނީ ކޯވިޑް-19އާ ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެރަށް މޮނިޓަރިންގއަށް ލާފައިވާކަމަށެވެ. މާފުށި މޮނިޓަރިންގއަށް ލާފައިވަނީ މިއަދު މެންދުރުފަހު 15:43 އިން ފެށިގެންނެވެ.

އެޗްޕީއޭގެ އެންގުމާ ގުޅިގެން މާފުށީގައި މިވަގުތު ހުރި އެއްވެސް މީހަކު ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

މާފުށި މޮނިޓަރިންއަށް ގެނެސްފައިވަނީ އެރަށުގެ ގެސްޓު ހައުސްއެއްގައި ހުރި ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި ފައްސިވި މީހާއަކީ ބިޒްނަސް ވިސާގައި ބަޔަކު ސްޕޮންސާ ދީގެން ރާއްޖެ އައިސް ހުރި މީހެއް ކަމަށާއި، އޭނާގެ ސްޕޮންސަރ ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ދީފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމީހާ ކޯވިޑަށް ޕޮޒިޓިވްކަން އެނގިފައި ވަނީ 27 ދުވަސް އެރަށުގައި ހޭދަކުރުމަށް ފަހު ފުރަން ވެގެން ހެދި ކޯވިޑް-19ގެ ޓެސްޓުންނެވެ.

މިހާތަނަށް ރާއްޖެއިން 12578 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 46 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން