އެއާޕޯޓް ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
އެއާޕޯޓް ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓާއި، އެއާޕޯޓް ޓަމިނަލްގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންގެ ތެރެއިން މިހާތަނަށް 102 މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ އެއަރޕޯޓް ކްލަސްޓަރ އިން 102 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު، 14 ވަނަ ދުވަހު ހަތް މީހަކު އަދި 15 ގައި ތިން މީހަކު، އަދި 16 ވަނަ ދުވަހު 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. އަދި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 191 މީހުން ފާހަގަކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކާގޯ ޑިޕާޓްމަންޓްގެ އިތުރުން އެއަރޕޯޓުގެ އާ ޓާރމިނަލްއާއި ރަންވޭ ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ޗައިނާ ހާބަރ އިންޖިނިއަރިންގ އާއި، ޗައިނާ ކޮމިއުނިކޭޝަން ކުންފުނީގެ ގިނަ ޢަދަދެއްގެ ބަޔަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،608 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 11،599 މީހުން ބަލިން ރަނގަޅުވެފައި ވާއިރު 46 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން