ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ރަށްފަޅުހުރާ
ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ރަށްފަޅުހުރާ
ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ކ. ރަށްފަޅުހުރާއިން 107 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ރަށްފަޅުހުރާއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމަލް ޢަދަދު 107 އަށް އަރާފައިވާ ކަމަށާއި، އެ ކްލަސްޓާގައި ހިމެނޭ ހަތަރު ރަށުން 125 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކޮށް 143 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެޗްއީއޯސީން ބުނީ ރަށްފަޅު ހުރާ ތަރައްޤީ ކުރުމުގެ ޕްރޮޖެންޓްގައި 2000 މީހުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހަދަމުންދާ ރިސޯޓްތަކާއި އޮޕަރޭޝަންގައި ހުރި ރިސޯޓްތަކުގައި ބަލި ފެތުރެމުން ނުދާކަން ކަށަވަރު ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން މި ވަގުތު ކުރަމުން ގެންދަނީ ހަދަމުންދާ ރިސޯޓްތަކުން ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށެވެ.

ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިން ތަރައްޤީކުރާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑުގައި މަތީ ފަންތީގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް 90 ވިލާ ހުންނާނެ އެވެ. ރަށްފަޅު ހުރާ ފަޅު ތަރައްގީ ކުރަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ. މުޅި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރާއިރު، އެ ރަށުގައި ތަފާތު ތިން ގިންތިއެއްގެ ރިސޯޓުތައް ހިންގާނެ އެވެ. މި މަޝްރޫއު ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،608 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 11،599 މީހުން ބަލިން ރަނގަޅުވެފައި ވާއިރު 46 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން