ކޯވިޑް-19 ޖެހިގެން އައިސީޔޫގައި 3 މީހަކަށް ފަރުވާދެމުން ގެންދާ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.
އެޗްއީއޯސީގެ ތަފާސްހިސާބުން ދައްކާގޮތުގައި ކޯވިޑް-19 އާ ގުޅިގެން މިވަގުތު ޖުމްލަ 86 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި 3 މީހަކަށް ފަރުވާދެމުން ގެންދާއިރު، 2 މީހަކަށް ފަރުވާ ދެމުން ގެންދަނީ ލ. ގަމު ކޯވިޑް ފެސިލިޓީގައެވެ. އަދި ބާކީ 81 މީހުންނަށް ފަރުވާދެމުން ގެންދަނީ ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީގައެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވުމަށްފަހު މިހާރު އަނެއްކާވެސް ދަނީ އަދަދުތައް މައްޗަށް ޖެހެމުންނެވެ. އެގޮތުން މިހާރު އެކްޓިވް ކޭސްގެ ޢަދަދު ވަނީ 956 އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،608 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 11،599 މީހުން ބަލިން ރަނގަޅުވެފައި ވާއިރު 46 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު