ގދ. ތިނަދޫގައި އަލިފާން ރޯވެފައިވާ ދޯނި އޮތް ސަރަހައްދަށް މީހުން ޖަމާވެފައި: މިހާދިސާގައި ހަތަރު މީހަކު ވަނީ ފިހިފައި
ގދ. ތިނަދޫގައި އަލިފާން ރޯވެފައިވާ ދޯނި އޮތް ސަރަހައްދަށް މީހުން ޖަމާވެފައި: މިހާދިސާގައި ހަތަރު މީހަކު ވަނީ ފިހިފައި
ގދ. ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ ހަތަރު މީހަކު ފިހިއްޖެއެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ މަސް ދޯންޏެއްގައެވެ. ދޯނީގެ ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ ސަރވިސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.  

އަލިފާން ރޯވި އިރު ދޯނި ތެރޭގައި ތިބި 4 މީހަކު ފިހިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ވަނީ ފަރުވާ ދޭން ފަށާފައެވެ. ރާސްތާ ނަމަކަށް ކިޔާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ހަތަރު މީހުންގެ ހާލަތު އަދި ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް އެ ހަތަރު މީހުންނަކީވެސް ގދ. ތިނަދޫ އަށް ނިސްބަތްވާ މީހުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. އަދި މިހާދިސާގައި ގޮވާފައިވަނީ ދޯނީގައި ބޭނުން ކުރަމުން އައި ގޭސްފުޅިއެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން