މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހިމް ޙަސަން
މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހިމް ޙަސަން
މީހުން ބިނާ ކުރުމުގެ މަސައްކަތުގެ ސްޕީޑަށް މި ސަރުކާރުން މަޑުޖަައްސާލުމެއް ނުގެންނާނެ ކަމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ އިބްރާހިމް ޙަސަން ވަނީ، ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު މެނޭޖް ކުރެވުނީ ތަމްރީނުވެފައި ތިބި ސިއްހީ ހިދުމަތްތެރިން ތިބުމުން ކަމަށް ވިދާޅުވެއެވެ. އަދި މީހުން ބިނާކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންދޭވަރުގެ އަހަންމިއްޔަތެއް، އެހެން އެއްވެސް ސަރުކާރަކުން ނުދޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރޭގެ ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކަށް ބާރު ދެއްވައި ޑރ. އިބްރާހިމް ޙަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހުން ބިނާ ކުރުމުގެ މަސައްކަތުގެ ފައިދާއާއި މުހިންމުކަން ކޮވިޑްގެ ހާލަތުން ދެނެގަނެވުނު ކަމަށާއި، އެހެންކަމުން މީހުން ބިނާ ކުރުމުގެ މަސައްކަތުގެ ސުޕީޑަށް މި ސަރުކާރުން މަޑުޖަައްސާލުމެއް ނުގެންނާނެ ކަމަށެވެ.

ރޭގެ ޕްރޮގްރާމްގައި ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން އެންމެ ދަތިވި ވަގުތުވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޕްލޭން ކޮށްފައިއޮތް މީހުން ބިނާކުރުމުގެ ތިން މަޝްރޫއަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިޔަށް ގެންދަން އަންގަވާފައި ކަމަށެވެ. އަދި ސަރުކާރުން ދެމުންދާ ލޯނުގެ އެހީތަކާއި، ސްކޯލާޝިޕްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިއުމަށް ރައީސް އެންގެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ކޯވިޑް މެނޭޖް ކުރެވުނީ ތަމްރީންވެފައި ތިބި މީހުން ތިބުމުން ކަމަށާއި، އެހެންކަމުން މީހުން ބިނާކުރުމަކީ ކޮންމެ ހާލަތެއްގައިވެސް އިސްކަންދޭން ޖެހޭ ކަމެއް ކަމަށާއި، ގައުމަށް ދިމާވާ ބޮޑެތި ވާބާގައި މަސައްކަތްކޮށް ކުރިޔަށް ދެވޭނީ މީހުން ބިނާކޮށްގެން ކަން ކޯވިޑް-19 އިން ދަސްކޮށްދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން