އަހުމަދު މަސްނޫމް   23 ނޮވެމްބަރު 2020 - 15:1
ދަޢުލަތަށް ގިނަދުވަހު ޙިދުމަތްކުރެއްވި: އިބްރާހިމް ހުސައިންފުޅު
ދަޢުލަތަށް ގިނަދުވަހު ޙިދުމަތްކުރެއްވި: އިބްރާހިމް ހުސައިންފުޅު
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމްގެ ބައްޕާފުޅު، އިބްރާހިމް ހުސައިންފުޅު އަވަހާރަވެއްޖެއެވެ.

ބ. ތުޅާދޫއަށް ދިގު މުއްދަތެއްގައި ހިދުމަތްކޮށްދެއްވާފައިވާ، ބ. ތުޅާދޫ، މަންޒިލް އިބްރާހިމް ހުސެއިންފުޅު ނިޔާވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އިބްރާހިމް ހުސައިންފުޅުގެ މޫނުދެއްކުން މިއަދު ހެނދުނު 10:00 އިން ފެށިގެން އާސަހަރާގައި ކުރިއަށްދާނެއެވެ. ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އިބްރާހިމް ހުސައިންފުޅު ވަނީ ބ. ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރަށްވާފައެވެ. މި ހިދުމަތްތަކުގެ ތެރޭގައި ތުޅާދޫ ސްކޫލް ހިންގުުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވުމާއި އުނގަންނައިދިނުން ހިމެނެއެވެ.

އިބްރާހިމް ހުސައިންފުޅުގެ ބޭފުޅުންގެ ތެރޭގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި މިހާރު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހިމްގެ އިތުރުން ލިޔުންތެރިކަމަށާއި، ޅެންވެރިކަމަށް މަޝްހޫރު އަންވަރު އިބްރާހިމާއި ފުޓްބޯޅަ ކުޅުންތެރިޔާ އަންސާރު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން