ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މަޖިލީހުގައި
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މަޖިލީހުގައި
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިޓީ ކޮޓަރިތަކަކާއި އޮފީސްތަކެއް ބަގު ކުރުމަށް ފުލުހަކު އުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުންގެ އިދާރާ އިން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއަކާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އޮފީހާއި މަޖިލީހުގެ ރައީސްގެ އޮފީސް ބަގު ކުރުމަށް އުޅުނު ކަމަށް ސާޖެންޓް އެޓް އާމްސް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ކޮޓަރިތައް ބަގް ކުރުމަށް، ފުލުހަކު ގުޅީ މަޖިލީހުގެ އަންހެން މުވައްޒަފަކަށް ކަމަށާއި، މަޖިލީހުގެ ސެކިއުރިޓީއަށް އެ މަޢުލޫމާތު ދިނީ އެ އަންހެން މުވައްޒަފު ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް ހުށައަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެމައްސަލަ ފުލުހުންގެ އިދާރާ އިން ތަހުގީގް ކުރާނެ ކަމަށެވެ. އެއީ ކިހިނެއްހިގައިދިޔަ ކަމެއްތޯ ބަލައި އެމައްސަލައިގެ މައުލޫމާތު މަޖިލީހުގެ ރައީސަށް ހިއްސާކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"މަޖިލީހުގެ ކޮޓަރިތަށް ބަގްކުރަން އުޅުނު މައްސަލައަކީ ބޮޑު މައްސަލައެއް، އެއީ އަޅުގަނޑު ހިތުން އެއްގޮތަކަށް ވެސް މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން. އެކަން ހިގާފައި އޮތް ގޮތް އަޅުގަނޑު އިރާދަކުރެއްވިޔާ ބަލައި އެކަމުގެ ފުރިހަމަ މައުލޫމާތު މަޖިލިސް ރައީސް އާއި ހިސާބަށް އަޅުގަނޑު ގެނެސްދޭނަން." އިމްރާން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ އެމައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން