އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް "އަނދުން ހުސެއިން
އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް "އަނދުން ހުސެއިން
2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އަށް ހުށައެޅި ކަމަށްހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް "އަނދުން ހުސެއިން" ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ އިމްރާނާމެދު އިދިކޮޅަށް އިތުބާރު ގެއްލިގެން އުޅެނީ މުޅިން އެހެންކަމަކާ ގުޅިގެން ކަމަށެވެ.

ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމިން ގެއަށް ބަދަލުކޮށްދިނުމަށް ޝަރުތުކޮށް އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ޓިކެޓު އިމްރާނަށް އަރުވަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިމްރާނާ މެދު ހިތްހަމަނުޖެހުނީ އިދިކޮޅުން ހުށަހެޅި ޓިކެޓް ގަބޫލު ނުކުރައްވައި، ރައީސް ސޯލިހާއެކު ހުންނެވުމަށް ނިންމެވުމުންކަމަށް ޝަހީމް ވިދާޅުވިއެވެ.

"މައްސަލައަކީ ޝައިޚް އިމްރާން ޕީޕީއެމްގެ ރިޔާސީ ޓިކެޓު ގަބޫލު ނުކުރެއްވީމާ އޭގެ އަދަބެއްގެ ގޮތުގައި. އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވަން ކުރާ މަސައްކަތެއްގެ ގޮތުގައި،" ޝަހީމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމާއެކު، އޭނާގެ މައްޗަށް އިތުބާރުއޮތްކަމަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ފާސްކޮށްފައިވާއިރު އެމައްސަލައިގައި މިއަދު މަޖިލީހުގައި ނެގި ވޯޓްގައި އިމްރާންގެ އިތުބާރު އޮތް ކަމަށް ވަނީ ފާސްކޮށްފައެވެ.

އިދިކޮޅުން އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކެވި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އެމައްސަލައިގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން