ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް
ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް
ފަރަށްއަރާ އުޅަނދުތައް ފުންކުރަން ވަކި އިދާރާއެއް ގާއިމުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށް އެ ބިލް މަޖިލީހަށް ހުށައެޅި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މުހަންމަދު ނާޒިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފަރަށް އަރާ ކަނޑު އުޅަނދުފަހަރު ފުން ކުރުމުގެ އަމަލީ މަަސައްކަތް ކުރާނެ އިދާރާއެއް އުފެއްދުމާއިބެހޭ ގަރާރު އެމްޑީޕީގެ މެޖޯރިޓީ އޮވެ މަޖިލިސްއިން އިއްޔެ ބޭރުކޮށް ލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ މަސްދޯނިފަހަރާއި، މީހުންނާއި މުދާ އުފުލާ އުޅަނދު ފަހަރާއި، ފަތުރުވެރިން އުފުލާ އުޅަނދު ފަހަރާއި، ބޭރުދަތުރުކުރާ އުޅަނދު ފަހަރު، ފަރަށް އެރުމަކީ، ކަނޑުދަތުރުގެ މައްޗަށް ބޮޑުކޮށް ބަރޯސާކުރާ ދިވެހިރާއްޖޭގައި އާންމުކޮށް ދިމާވާ ކަމެއް ކަމަށެވެ. މިފަދަ ހާދިސާއެއް ދިމާވުމުން، އެއުޅަނދެއްގެ ވެރިފަރާތަށް، އެތައް ބުރައެއް އުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފަރަށް އަރާދޯންޏެއް ފުންކުރުމުގެ މަސައްކަތްކުރުމަކީ ރާއްޖޭގައި ޚަރަދުބޮޑު އަދި ކޮންމެ ކޮންމެ މީހަކަށް ކުރެވޭޒާތުގެ މަސައްކަތަކަށް ވެސްނުވާ ކަމަށެވެ.

މީގެއިތުރުން އެކަމުގައި ފުލުހުންގެ ތެރޭގައިވެސް ސިފައިންގެ ތެރޭގައިވެސް ފޯރުކޮށްދެވޭނެ މާބޮޑު އެހީތެރިކަމެއް ނޯންނާތީއާއި، އަދި، އެހުރިހާ ކަމެއް ކުރަންޖެެހެނީ އެ ހިތްދަތިދަނޑިވަޅުގައިވެސް އަމިއްލައަށް ކަމުގައި ވެސް ނާޒިމްގެ ގަރާރުގައި ވެއެވެ.

އެފަދަ ހާލަތެއްގައި އުޅަނދުފަހަރު ފުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަމަލީގޮތުން ކުރުމަކީ، ދައުލަތުގެ އިދާރާއެއް މެދުވެރިވެގެން ނުވަތަ ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް ނަމަވެސް ކުރެވޭނެކަމެއްގެ ގޮތުގައި އޮތުމަކީ، ބޭނުންތެރި ކަމެއްކަމުގައި ނާޒިމްގެ ގަރާރުގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން