އަހުމަދު މަސްނޫމް   24 ނޮވެމްބަރު 2020 - 15:37
މަޖިލީހުގައި ގުރުއާނުގެ އާޔަތްތައް ވިދާޅުނުވުމަށް މަޖިލީހުގެ ރައީސް އެންގެވުމަކީ ގާނޫނާ ހިލާފު ނިންމެވުމެއްކަމަށާއި، އެކަމަށް އެމަނިކުފާނު މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައި މިވަނީ އިއުްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެނެވެ. އެގޮތުން އެމަނިކުފާނަކީ ގުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި، މަޖިލީހުގައި ގުރުއާނުގެ އާޔަތް ވިދާޅުވާތީ އުދަނގޫކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޖަމީލު ވިދާޅުވީ ‏114 ޞޫރަތް، 6235 ޢާޔަތް ހިމެނޭ ކީރިތި ޤުރުއާނަކީ މުސްލިމުންނަށް އެންމެ ޞައްޙަ ގައިޑް އަދި ޝަރީޢަތުގެ އެންމެ ފުރަތަމަ މަޞްދަރުކަމަށެވެ. އަދި މަޖިލިސް ރައީސްގެ އެންގެވުން ޤާނޫނާ ޚިލާފްކަމަށާއި އަދި އެކަމުން ލާދީނީ ފަރާތްތަކަށް ހިތްވަރުލިބޭކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު މަޢާފަށް އެދިވަޑައިގަންނަވްން ޖެހޭކަމަށް ޖަމީލު ވިދާޅުވިއެވެ.

"114 ޞޫރަތް، 6235 ޢާޔަތް ހިމެނޭ ކީރިތި ޤުރުއާނަކީ މުސްލިމުންނަށް އެންމެ ޞައްޙަ ގައިޑް އަދި ޝަރީޢަތުގެ އެންމެ ފުރަތަމަ މަޞްދަރު. ޤއ ގެ 10 ވަނަ މާއްދާ އިން ޝަރީއަތް ލާޒިމް. މަޖިލިސް ރައީސްގެ އެންގެވުން ޤާނޫނާ ޚިލާފް އަދި ލާދީނީ ފަރާތްތަކަށް ހިތްވަރުލިބޭ. މަޢާފަށް އެދެންޖެހޭ." ޖަމީލު ވިދާޅުވިއެވެ.

މަޖިލީހުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތައް ހިމެނެއެވެ.

މަޖިލީހުގެ ބަހުސްގައި މެންބަރަކު ކީރިތި ޤުރުއާންގެ އާޔަތް ވިދާޅުވާން ފެއްޓެވުމުން އެގޮތަށް ވިދާޅިވީ އެމަނިކުފާނަކީޤުރުއާން ހިތުދަސް ބޭފުޅަކަށް ނުވާތީ ސައްޙަނޫން ގޮތަކަށް ވިދާޅުވިޔަސް އެނގިވަޑައިނުގަންނަވާނެތީ ކަމުގައި ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން