ޒަހީނުއްދީން ސަޢީދު   24 ނޮވެމްބަރު 2020 - 15:39
މާލޭ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ފުލުހުންގެ ޓޯޔާޑް ކުރިމަތިން ފަޅުތެރެއިންނެވެ. 

އެމީހާގެ ހަށިގަނޑު ނެގުމަށް ފަހު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ ފަޅު ތެރޭގައި މޫދަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 09:43 ހާއިރު ކަމަށެވެ. އަދި އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.

މާލޭ ޓޯޔާޑާއި ދިމާ މޫދު ކައިރިން ޕޭމަންޓު މަތިން ހިނގާފައި ދިޔަ މީހަކު މޫދަށް ފުއްމާލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާއަށް ވަނީ އަރާފައެވެ. އޭނާ މޫދުން ނެގިއިރު އަގައިން ފޮނުތަކެއް އަރާފައި ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.

މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން