ޤުރުއާންގެ އަޑުއިވޭ މީހާއަކީ ޤުރުއާން ހިތުދަސް މީހަކަށް ކޮންމެހެން ވާކަށް ނުޖެހޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވީ، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ސުވާލަކާއި ގުޅިގެނެވެ.

މުއިއްޒު އެއްސެވި ސުވާލުގައި ވިދާޅުވީ "ގުރުއާންގެ އަޑު އިވޭ މީހާއަކީ ގުރުއާން ހިތުދަސް މީހަކަށްވާން ޖެހޭތޯއެވެ؟"



މުއިއްޒުގެ ސުވާލާށް ޖަވާބުދެއްވަމުން ޒައިދު ވިދާޅުވީ، ޤުރުއާންގެ އަޑުއިވޭ މީހާއަކީ ޤުރުއާން ހިތުދަސް މީހަކަށްވާކަށްނުޖެހޭނެކަމަށެވެ.



ޤުރުއާންގެ އަޑުއިވޭ މީހާއަކީ ޤުރުއާން ހިތުދަސް މީހަކަށްވާކަށް ކޮންމެހެން ނުޖެހޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެފަައިމިވަނީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ޤުރުއާންގެ އާޔަތް ކިޔަން ފެއްޓެވުމުން އެކަން ނުކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު މަޝީދު އެންގެވި މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިއުން އެމަނިކުފާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝިދު ވިދާޅުވީ އެމަނިކުފާނަކީ ގުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި، އެހެންވީމާ މަޖިލީހުގައި ގުރުއާނުގެ އާޔަތް ވިދާޅުވާތީ އުދަނގޫކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވާފައެވެ.

އެމަނިކުފާނަކީ ގުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި، މަޖިލީހުގައި މެމްބަރުން އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން. އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝައިހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވުމުން ސަލީމް ވިދާޅުވީ ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ހިތުގައި ގުރުއާނާ މެދު ދެކޭގޮތް ގޯސްވުމުން ކަމަށް ވެދާނެ ކަމަށެވެ. ސަލީމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ކޯފާ އިސްކުރައްވާ ސަލީމްގެ ވާހަަކަ ހުއްޓުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ޙާމިދު

27-Nov-2020

ޤޫރުއާން ސިޔާސީ ބޭނުމުގަ ހިތަށް އެރިހާ ގޮތަކަށް މާނަކޮށް ކިޔަވައިގެން ނުވާނެ. ރައްޔިތުންގެ މަޖިލީހަކީ ސިޔާސީތަނެއް. އެތަނުގަ ސަލީމް ބޭނުންވާހާގޮތަކަށް ޤުރުއާން މާނަކޮށް ކިޔެވީމަ އެކަން ހުއްޓުވާމީހާ މިވަނީގޯސް.


-1

ޙާމިދު

27-Nov-2020

ޤޫރުއާން ސިޔާސީ ބޭނުމުގަ ހިތަށް އެރިހާ ގޮތަކަށް މާނަކޮށް ކިޔަވައިގެން ނުވާނެ. ރައްޔިތުންގެ މަޖިލީހަކީ ސިޔާސީތަނެއް. އެތަނުގަ ސަލީމް ބޭނުންވާހާގޮތަކަށް ޤުރުއާން މާނަކޮށް ކިޔެވީމަ އެކަން ހުއްޓުވާމީހާ މިވަނީގޯސް.


6

ކިނބޫ

25-Nov-2020

ކީކޭ ކީކޭ! ކަލޭގެ ވަތުވަތާނަ ޑރ. މިލަގަނޑު ތިހެން ބުނީމަ ނޫނީ ގަބޫލެއް ނުކުރެވޭ. ދޭތި ލަދެއްނުގަނޭނު އަނގަ އރވނ.



ޓްރެންޑިން