މަޖިލީހުގެ ބަހުސްތަކުގައި ގުރުއާންގެ އަޔާތްތައް ކިޔެވުމާމެދު މަޖިލީހުގެ ރައީސް، ‏ރައީސް މުހައްމަދު ނަޝީދުގެ ނިންމެވި ނިންމެވުމަށް މަޖިލީހުގެ ކުރީގެ ނާއިބު ރީކޯ މޫސަ މަނިކު ތާއީދުކުރަށްވައިފިއެވެ.

މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ގުރުއާންގެ ބައިތައް ނުކިޔެވުމަށް މަޖިލީހުގެ ރައީސް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލު ވަނީ ރައީސް ނަޝީދު އެކަމަށް މައާފަށް އެދިވަޑައިގަތުމަށްވެސް ގޮވާލައްވާފައެވެ.

ނަމަވެސް އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތު ކުރިން ބެލެހެއްޓެވި، މަޖިލީހުގެ ކުރީގެ ނާއިބްރައީސް ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދުގެ ނިންމެވުން ދިފާއު ކުރައްވާ، އެކަމަށް ތާއީދުކުރަށްވާފައެވެ.

ރީކޯ މޫސަ ވިދާޅުވީ މަޖިލީހުގައި ބަޙުސް ކުރާއިރު ކީރިތިޤުރުއާންގެ އާޔަތެއް ނުވަތަ ޤުރުއާނުގެ މާނަނުބައިކޮށް މެމްބަރަކަށް ކިއިދާނެތީ ބަހުޘްގެ މިނިޓުކޮޅުތެރޭ އެފަދަކުށެއް އިސްލާހު ނުކުރެވިއްޖެ ނަމަ ކީރިތިޤުރުއާނަށް ޢިޙްތިރާމްކުޑަ ކުރެވުނީކަމަށް ފެންނާތީ ރިޔާސަތުން އަބަދުވެސް އެފުރުސަތު ނުދޭކަމަށެވެ.



"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ގުރުއާންގެ އާޔަތްތަކާއި ބައިތައް ކިޔެވުން އަބަދުވެސް ހުއްޓުވާކަމަށެވެ. އަދި އެއީ ދީނާއި ދުރުވެގެން ކުރާކަމެއް ނޫންކަމަށާއި، އެއީ ގުރުއާނާށް އިހްތިރާމް ކުރުމުގެ ގޮތުން ރިޔާސަތުން ނިންމަވާ ނިންމެވުމެއްކަމަށް މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މިއީ ސިޔާސީކުރަން ޖެހޭކަމެއް ނޫންކަމަށެވެ. އަދި މިކަން ސިޔާސީ ނުކުރުމަށްވެސް މޫސަ އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގުރުއާނުގެ އާޔަތެއް މެމްބަރަކު ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ގުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި، މަޖިލީހުގައި މެމްބަރުން އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން. އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝައިހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޢުދުހޭ

25-Nov-2020

ކިތަންމެ ރަގަޅުވާހަކަ އެއް ބުންޏަސް ވަގުންގެ ގުރޫޕައް އެނޫން ލަވައެއް ނުކިޔޭނެ. ކިޔާނެ އެއްޗެއް ނުލިބެނީ ކަމަށް މަށަށް ބެލެވެނީ.


0

ޒާހިރު

25-Nov-2020

ހަލޯ ރީކޯ، ކިހިނެއްވީ؟ ހުރިހާ ދިމާއަކުނ ބާކީވީމަ އަނއްކާ ޖެހިވަޅަށް ފުންމާލަނީތަ؟



ޓްރެންޑިން