މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބުދު ﷲ ދީދީ އާއި ބައްދަލުކުރައްވަނީ
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބުދު ﷲ ދީދީ އާއި ބައްދަލުކުރައްވަނީ
ރައްޔިތުން މަޖިލިހުގެ ބަހުސްތަކުގައި ކީރިތި ޤުރުއާނުގެ އާޔަތް ކިޔުމާ ގުޅޭ ގޮތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުން މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމް ކީރިތި ޤުރުއާނުގެ އާޔަތެއް ވިދާޅުވާން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ އެކަން ހުއްޓުވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ޤުރުއާން ހިތު ދަސް ބޭފުޅެއް ނޫން ކަމަށާއި، އަދި މަޖިލިހުގެ ގިނަ މެންބަރުންނަކީވެސް ޤުރުއާން ހިތު ދަސް ބޭފުޅުން ނޫން ކަމަށާ އަދި މަޖިލިހުގައި ޝައިޚުން ވެސް ނެތް ކަމަށެވެ.

އެހެންކަމުން ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ބޭނުންކޮށްފާނެތީ ޤުރުއާނުގެ އާޔަތް ވިދާޅުނުވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑަައިގެންފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ޝަރީއަތާއި ދުސްތޫރީ ނިޒާމަށް އަހްލުވެރި ނޫން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނެވުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކޮށްގެން ތިއްބަވާ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަހުސްތަކުގައި ގުރުއާނުން ހުއްޖަތް ގާއިމު ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.



މިމައްސަލައިގައި މީޑިއާ ތަކުގައާއި މީސް މީޑިއާގައި ރައީސް ނަޝީދަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު ބައެއް ބޭފުޅުންގެ ވިސްނުން ވެސް މިކަމުގައި ތަފާތުކަން ފާހަގަ ކުރެވެއެވެ.

އެގޮތުން މިމައްސަލައިގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ބަހުސްގެ މަރުހަލާގައި މެމްބަރުންނަށް ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ އާޔަތެއްގެ މާނަ ވިދާޅުވާން އެއްވެސް އިރެއްގައި ފުރުސަތު ނުދެއްވާ ކަމަށެވެ. ދީނީ އިލްމު އުނގެނިގެން ތިއްބެވި ބައެއް ބޭފުޅުންގެ މެދުގައި ބަހުސް ހިނގަމުން ވެސްދާ މިމައްސަލައިގައި ރައީސް ނަޝީދު ދިފާއު ކުރައްވައި ރީކޯ މޫސަ ވިދާޅުވީ އެގޮތަށް ރިޔާސަތުން ފުރުސަތު ނުދެއްވަނީ ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ ގުރްއާނުގެ އާޔަތެއްގެ މާނަ ނުބައިކޮށް މެމްބަރަކަށް ވިދާޅުވެވިދާނެތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

ތުނިޔަ

26-Nov-2020

މަޖިލީހުގެ ގަވާއިދު ވަޔާއި ރާއްޖޭގެ ގާނޫނުގާއޮވޭތަ މަޖިލީހުގާ ބަހުސް ކުރާއިރު ކީރިތި ގުރުއާނުގެ މޫރިތި އާޔަތް ތައް ނުކިޔޭނެކަމަށް ކުބާމައްސަލައަކީ ؟ މިކަމަށް އިލްމުވެރިންގެ ބަހެއް ހޯދުންމުހިތްމު


-3

މޮހޮނު

26-Nov-2020

ބަލަ ރީކޯމޫސާބާރުއަޅާނެކަންއެއްމެންނައް އިގޭނެ އެއީދެފުއްކެހެރިއެއްކަން މިކަލޭގެ މަޖިލީހުގެ މެމްބަރަކަށް އުޅުނު ދުވަސްވަރު މަޖިލީހުގައި ގުރުއާނުގެ އާޔަތް ކީހަދާން ނެތުނީބާ މިކަހަލަ އިގެ ވޮއްގަޑުންމިއުޅެނީ މުސްލިމަކު ސާފުތާހިރުކޮށް ހުންނަ ކޮންމެ ވަގުތަކުވެސް ގުރުއާން ގެ އާޔަތްތައް ކިޔެވޭނެ



ޓްރެންޑިން