އެޕިސޯޑް 11
...............
[އާނ....ދަރިފުޅާ...ދަރިފުޅު ނުބުނާ ގޮތަކަށް މަންމަ އެއްކަމެއްވެސް ނުކުރާނަން. މަންމައާއި ބައްޕަ އަބަދުވެސް ދަރިފުޅާއެކުވާނަން.] ހުރި ހަމައެކަނި ދަރިފުޅާ ދޭތެރޭ މިހާރު ވިސްނާ ވިސްނާ ޒައިނަބްގެ ހިތްވެސް ކުދިކުދިވެފައިވާ ކަހަލައެވެ.
[ޙަޤީޤަތުގައިވެސް އަހަރެންގެ ހިތް ކުދިކުދިވެއްޖެ. ލަމްހާގެ ޚަބަރެއްނުވާތާ މިހާރު ކޮން ދުވަހެއް. މިހާރު ދެދުވަހަކު ލަމްހާމެންގެ ގެއަށްވެސް ހިނގައްޖައިން. ގެވެސް ހުންނަނީ ތަޅުލާފަ.] އަދުހަމް ވާހަކަ ދެއްކީ ޝިޔާޒާއެވެ. މިހާރު ކޮންމެވެސްވަރަކަށް އޭނާ މާޔޫސްވެއްޖެއެވެ.
ކުރިން ތަކުރާރުކޮށް، ލަމްހާ ގުޅާނެ ކަމަށް ބުނަމުން އައި ނަމަވެސް، މިހާރު އޭނާގެ ކަރު އެލިއްޖެއެވެ.
[ކުރިންވެސް އަހަރެން ބުނީމެއްނު، ކިރިޔާ ފެންނައިރަށް އަންހެން ކުދިންނަށް އިތުބާރުކޮށް ހިތްފިދާވާކަށް ނުވާނޭ.] ޝިޔާޒް ބުންޏެވެ.
[ލޯބި ވެވިއްޖެއްޔާ...ނިކަން އަވަހަށް އިތުބާރުވެސް އުފެދޭނެ. ޝިޔާ ތިހެން ތިބުނަނީ ޝިޔާއަށް އަދި އަންހެން ކުއްޖަކުދެކެ ލޯބި ނުވެވޭތީ.] އަދުހަމް ބުންޏެވެ.
އެވަގުތު ސިޓިންގރޫމްގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. ތެދުވެގެން ގޮސް ދޮރު ހުޅުވީ އަދުހަމްއެވެ. ދޮރުމަތީގައި ހުރި ޕޯސްޓްމަން، އޭނާގެ އަތުގައިވާ ސިޓީތަކެއް ހާވާލުމަށްފަހު، އޭގެތެރެއިން ސިޓީއެއް ނަގާފައި އަދުހަމާ ޙަވާލުކުރިއެވެ. ޕޯސްޓްމަނަށް ޝުކުރު އަދާކުރުމަށްފަހު، އޭނާ ސިޓީގެ ބޭރުގައިވާ ނަންތައް ކިޔާލިއެވެ. ހަމައެއާއެކު، އޭނާއަށް ލިބުނީ ބަޔާންކުރަންވެސް ދަތި ހިތްހަމަޖެހުމެކެވެ.
ލިބުނު އުފަލާއެކު ސިޓީ ކަނޑަމުން އެތެރެއަށް ވަންނަން ހިނގައިގެންފިއެވެ.
[ލަމްހާގެ ސިޓީއެއް ލިބުނީތަ؟] ސިޓީ ކަނޑަމުން އަދުހަމް އެތެރެއަށް ވަދެގެން އަންނަތަން ފެނިފައި ޝިޔާޒް އެއްސެވެ.
[އާނ އަހަރެން ބުނީމެއްނު، ލަމްގެ ޚަބަރެއްވާނެޔޭ.] މިހެން ބުނެފައި އޭނާ ސިޓީ ކަނޑައިގެން ކިޔަން ފަށައިފިއެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ.
ސިޓީގެ ފޮޅުވަތަކަށްފަހު ފޮޅުވަތަކުން އޭނާގެ ހިތާއި މޭ ޒަޚަމްވަމުންދިޔައެވެ. އިސާހިތު ދެލޯ ކަރުނުން ތެމިއްޖެއެވެ.
[ޝިޔާޒް ބުނީ ރަނގަޅަށް. އަންހެނަކަށް އިތުބާރު ކުރާނެ ކަމެއް ނެތް.] އަދުހަމްގެ ދެލޮލުގެ ތެރެއިން އެއްވެސް އިޚްތިޔާރަކާނުލާ ކަރުނަތައް ފޭދިއްޖެއެވެ.
[ކިހިނެއްވީ!؟] ޝިޔާޒް ޙައިރާންވިއެވެ.
[ލަމްހާ...އެކޮޅުން މީހަކާ އިންނަނީޔޯ.....އެއީ ބޮޑު ކެހިވެރިއެއް....ބޭވަފާތެރިއެއް......] އަދުހަމްގެ އަޑު ބެދިއްޖެއެވެ. އިސާހިތު ރަނގަޅަށް ރޮވިއްޖެއެވެ.
[މީހަކާ އިންނަނިއްޔޭ!؟ ކޮންކަހަލަ އަންހެނެއް އެއީ؟]
[ޝިޔާ....އޭނާ އަހަރެންގެ ހިތް ފުނޑުފުނޑުކޮށްލައިފި.....އަދި އެގޮތެއް ނެތް އަންހެނާ ބުނެފައި އެބައޮތެއްނު، އަހަރެންވެސް އަވަހަށް މާއިޝާއާ އިންނާށޭ.] ރޮއިރޮއިފައި އަދުހަމް ބުންޏެވެ.
[ކުރިންވެސް އަހަންނަށް ހީވިޔޭ...މިހެންވާނެޔޭ. އަންހެނުންގެ ހިތަކީ އެނބުރޭ ވަހުތާނެއް ކަަހަލަ އެއްޗެއް. ގަދަ ކުލަތަކާއި މީރުވަސްތަކަށް ނިކަން ފަސޭހައިން އެފަދަ އަންހެނުން ހެއްލޭނެ. އަދޫ، ކެހިވެރި އަންހެނަކަށްޓަކައި އެންމެ ކަރުނަ ތިއްކެއްވެސް އޮހޮރާނެ ކަމެއް ނެތް.....ހިތްވަރުކުރޭ....] ޝިޔާޒް، އަދުހަމްގެ ހިތާމައިގައި ބައިވެރިވަމުން އަދުހަމަށް ހިތްވަރުދިނެވެ.
[ޝިޔާ....ހިތްވަރު ކުރާތީއެއްނު، މިހެން ކޮއްޅަށް މިހުރެވެނީވެސް. އޭނާ ކިތަންމެ ބޭވަފާތެރިވިޔަސް، އަހަރެން ހާދަ ލޯބިވެޔޭ އޭނަދެކެ. ހަމަގައިމުވެސް އޭނަދެކެ ވެވުނު ލޯތްބެއް، ދުވަހަކުވެސް އެހެން މީހަކުދެކެ އަހަންނަކަށް ނުވެވޭނެ.] އެވަގުތު ބަދިގެފަރާތުން މަންމަގެ އަޑު އިވުމާއެކު، އަދުހަމް ކަރުނަތައް އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރިއެވެ.
[ދަރިފުޅާ!؟ ކިހިނެއްވެފައި ތިހުރީ.] އަދުހަމް ފެނުމާއެކު، މަންމަ ޙަސީނާއަށް އަދުހަމްގެ ޠަބީޢަތް ރަނގަޅު ނޫންކަން އެނގުނެވެ.
[ކަމެއްނުވޭ.] އަދުހަމް ތެޅިގަތެވެ. އޭނާ ހީކުރީ އޭނަޔާ ޝިޔާޒް ދެއްކި ވާހަކަތައް މަންމައަށް އިވުނީ ކަމަށެވެ. އޭނާ އެވަރަށް ހާސްވީ އެހެންވެގެނެވެ.
[ދޮގު ނުހަދާ ދަރިފުޅާ. މަންމައަކީ އަބަދުވެސް ދުރާއި ގާތުން ދަރިފުޅުގެ ކަންތައްތައް ބަލާ މީހެއް. ދަރިފުޅުގެ އިޙްސާސްތައް ނިކަން ރަނގަޅަށް މަންމައަށް އެނގޭނެ. ދޮގު ނުހަދާ މަންމަ ގާތު ބުނޭ، ދަރިފުޅުގެ މުށުތެރޭގައި ތިއޮތީ ކޮން ސިޓީއެއް؟] ޙަޤީޤަތުގައިވެސް ޙަސީނާ ވާހަކަ ދެއްކީ ރަނގަޅަށް ދަރިފުޅުގެ އިޙްސާސްތައް އެނގިހުރެއެވެ.
އަދުހަމާއި ޝިޔާޒް ދެއްކި ވާހަކަތަކުގެ ތެރެއިން މިންވަރެއް އޭނާއަށް އަޑު އިވުނީއެވެ.
[މީ...މީ....އެއްވެސް އެއްޗެއް ނޫން. ހުސް ކަރުދާސްގަނޑެއް.] އަދުހަމް ނިކަން ހާސްވެއްޖެއެވެ.
[ގެނޭ މަންމަގެ އަތަށް، މަންމަ ތި ޑަސްބިނަށް އަޅާލަދީފާނަމޭ.] ޙަސީނާ ދަރިފުޅާ ގާތަށްޖެހި، ބޮލުގައި ފިރުމާލިއެވެ.
[ނޫން...މީ އަހަރެން ނޯޓެއް ލިޔަން ގެންގުޅޭ ކަރުދާސްގަނޑެއް.] އަދުހަމް މުށުތެރޭގައި އެސިޓީ އިތުރަށް ބޮނޑިކޮށްލިއެވެ. ޙަސީނާ ހިނިތުންވެލަމުން ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލިއެވެ.
[ތިހާވަރަށް ބޮނޑިކޮށްލީމަކާ ތިއަކު އެއްޗެއް ނޯޓެއްވެސް ނުކުރެވެވޭނެއެއްނު. ދަރިފުޅު މަންމަ ގާތު ދޮގުދޯ ތިހަދަނީ. މަންމައަށް ހީވަނީ ތީ ލަމްހާގެ ސިޓީއެއްހެން....]
ޙަސީނާ މިހެން ބުނުމާއެކު، އަދުހަމްގެ ދެލޯ ބޮޑުވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި، އަދުހަމަށް ހިމޭނުން އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެއެވެ.
[ދަރިފުޅާ، ކީއްވެތަ ކުއްލިއަކަށް ބަސް ހުއްޓުނީ؟] ދެންވެސް ވާހަކަ ދެއްކީ ޙަސީނާއެވެ.
[މަންމާ، ބައްޕަ ގާތު ނުބުނައްޗޭ. ޝިޔާދޯ މަންމައަށް ލަމްހާގެ ވާހަކަ ކިޔާދިނީ؟] އަދުހަމް މަންމައާ ވާހަކަ ދައްކަމުން ޝިޔާޒާ ދިމާއަށް އެނބުރުނެވެ.
[ދަރިފުޅާ، ޝިޔާޒް ކުށްވެރި ނުކުރޭ. ދަރިފުޅު، ދަރިފުޅުގެ ހިތް ކުށްވެރިކުރޭ. އަމިއްލަ ނަފްސު ކުށްވެރިކުރޭ. ދަރިފުޅު ފޯނުން ކޮންމެވެސް ކުއްޖަކާ ވާހަކަ ދެއްކި އަޑު މަންމައަށް އިވުނީ. އޭގެއިތުރުން، ދާދި ދެންމެއަކު ދަރިފުޅާއި ޝިޔާޒް ދެއްކި ވާހަކަތައްވެސް މަންމަ އަޑުއެހިން.] ދޮގު ހަދަމުން އައި ދަރިފުޅުގެ ދޫ ޙަސީނާ ބަންދުކޮށްލިއެވެ. އެހެންކަމުން، އަދުހަމަށް މަޖުބޫރުވީ ލަމްހާއާ ބެހޭގޮތުން ހުރިހާ ވާހަކައެއްވެސް މަންމައަށް ކިޔައިދޭށެވެ. ނަމަވެސް، ބައްޕައަށް ސިއްރު ކުރުމަށް އޭނާ މަންމަ ގާތު އެދުނެވެ. މަންމަވެސް އެކަމަށް އެއްބަސްވިއެވެ.
[ދަރިފުޅާ، ބޭވަފާތެރިޔެއްގެ ހަނދާނުގައި ދުވަސްތައް ގުނުމަކީ ހަމަޖެހޭ ފިރިހެން ކުއްޖަކު ކޮށްގެންވާނޭ ކަމެއް ނޫން. ދެންވެސް އަވަހަށް މާއިޝާއާ ވާހަކަ ދައްކައިގެން، މާއިޝާއާ ކައިވެނިކުރަން އުޅޭ. ހިތާމަތަކާއި އެހަނދާންތަކުން ފަސޭހައިން އެއްކިބާވެވޭނީވެސް އޭރުން؟]
ގާތް ރަޙްމަތްތެރިޔަކު ފަދައިން މަންމަ ދަރިފުޅަށް ޚިޔާލުދިނެވެ. ޙަސީނާގެެ އެވާހަކައަށް ޝިޔާޒްވެސް ތާއީދު ކުރިއެވެ. ނަމަވެސް، އެވެރިން އެބުނާހާ ފަސޭހައިން އެހަނދާންތަކާ އަދުހަމަށް އެއްކިބާވެވިދާނެ ކަމަކަށް ނުބެލެވެއެވެ.
[މަންމަމެން ހީކުރާހާ ފަސޭހައިން އަހަންނަކަށް ލަމްހާގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ. އަހަރެން އޭނަދެކެ ހާދަ ލޯބިވެޔޭ. އެއީ އެފަދަ ކެހިވެރިއެއް ކަމަކަށް އަދިވެސް ހިތް ޤަބޫލެއް ނުކުރޭ.] އަދުހަމް ފުން ނޭވާއެއްލިއެވެ.
އެދުވަހު މަންމަ ޙަސީނާ ފަދައިން ޝިޔާޒްވެސް އަދުހަމަށް ޚިޔާލު ދިނީ ހިތާމަތަކުން ސަލާމަތްވުމަށްޓަކައި މާއިޝާއާ ގުޅުމަށެވެ. ނަމަވެސް، އެކަމަކަށް އެހާ ފަސޭހައިން އަދުހަމަކަށް އެއްބަހެއް ނުވެވޭނެއެވެ. އަދުހަމްގެ ހިތުގައި ލަމްހާގެ ލޯބި އަށަގެންފައިވަނީ، އެއަށްވުރެން މާ ވަރުގަދައަށެވެ. ޙަޤީޤަތުގައި ލަމްހާގެ ބޭވަފާތެރިވުމުން، އޭނާ އަންހެން ކުދިންމަތިން މިހާރު މުޅިން ފޫހިވެއްޖެކަހަލައެވެ.
[މާއިޝާވެސް ހަދާނީ އެހެން. ދެން އަހަރެން އެއްވެސް އެއްވެސް އަންހެނަކަށް އިތުބާރެއް ނުކުރާނަން....ފޫހިވެއްޖެ....މުޅިން ފޫހިވެއްޖެ. ދުނިޔެއަކީވެސް އަހަންނަށްޓަކައި ކެހިވެރި ތަނެކޭ ހީވެ، ދުނިޔެދެކެވެސް ފޫހިވެއްޖެ.] އަދުހަމް ވާހަކަ ދެއްކީ ޝިޔާޒާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އަދުހަމްގެ ބައްޕަގެ އޮފީސްތެރޭގައެވެ.
ދުވަސްތަކަކަށްފަހު، މާއިޝާ އަދުހަމަށް ގުޅީ އެވަގުތުއެވެ. އަންހެނުންދެކެ އައިސްފައިވާ ރުޅީގެ ސަބަބުން އަދުހަމް ފޯން އޮފްކޮށްލީއެވެ.
[ކިހިނެއް ތިހެދީ؟] އަދުހަމް ފޯން އޮފްކުރިތަން ބަލަން އިނދެފައި ޝިޔާޒް އެއްސެވެ.
[ފޯން އޮފްކޮށްލީ. އެއްވެސް މީހަކު އަހަންނަށް ގުޅާނެ ކަމެއްނެތް.] އަދުހަމް ފޯން ޖީބަށްލިއެވެ.
[ފޯން އޮފްކޮށްލީއޭ!؟] މާއިޝާއާއި އޭނާގެ ރަޙްމަތްތެރިޔާ ވާހަކަ ދައްކަން ތިބީ މާއިޝާގެ ކޮޓަރިތެރޭގައެވެ.
[އާނ، ދިމްނާ...އޭނަ ފޯން އޮފް ކޮށްލައިފި. ހީވާކަހަލަ އަހަރެންގެ އަޑު ދެކެވެސް އޭނާ ފޫހިވަނީއޭ.] މާއިޝާ ފެންކަޅިވެއްޖެއެވެ.
[މާއިޝާ ތިހާ އަވަހަށް އުންމީދު ކަނޑާލާފައި ކަރުއެލުވާނުލާބަލަ. ވެދާނެއެއްނު، ފޯނުގެ ޗާޖްދިޔައީ ކަމަށްވެސް.] ދިމްނާ މާއިޝާއަށް ހިތްވަރުދިނެވެ.
[ރިންގްވިޔޭ، އެކަމަކު...ދެން ގުޅާނީ ގެއަށް....] މާއިޝާ ގޭ ނަންބަރަށް ގުޅާލިއެވެ. އެކޮޅުން ފޯން ނެގީ އަދުހަމްގެ މަންމަ ޙަސީނާއެވެ.
[އަދުހަމް އުޅޭތަ؟] މާއިޝާ އެއްސެވެ. މާއިޝާގެ އަޑު ކަންފަތުގައި ޖެހުމާއެކު، ޙަސީނާ އެއީ މާއިޝާކަން ދެނެގަތެވެ.
[މާއިޝާތަ؟]
[އާނ، އަދުހަމްގެ މޯބައިލްވެސް އޮފްކޮށްފަ އޮތީ. ގެއަކު ނޫޅޭދޯ؟] މާއިޝާ ބުންޏެވެ.
[ގުޅާބަލަ އޮފީސް ނަމްބަރަށް. ދިޔައީ އޮފީހަށޭ ކިޔާފަ.] ޙަސީނާ މިހެން ބުނެފައި އޮފީސް ނަމްބަރުވެސް މާއިޝާއަށް ދިނެވެ. އެއަށްފަހު، އަދުހަމްގެ މިހާރުގެ ޙާލަތުވެސް އޭނާ މާއިޝާއަށް ކިޔައިދިނުމަށްފަހު، އޭނާގެ މާޔޫސްކަމުން މިންޖުކޮށް، އުފަލާއި ހިތްހަމަޖެހުމުގެ އައްސޭރިފަށަށް ގެނެސްދިނުމަށްވެސް މާއިޝާ ގާތު އެދުނެވެ.

ކިޔުންތެރިންގެ ހިޔާލު