މާލެ ފަޅުތެރެއިން މަރުވެފައި އޮއްވާ އިއްޔެ ހެނދުނު ފެނުނު ބިދޭސީ މީހާ، މޫދަށް އެރުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނަކު ފަޅުތެރޭގައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 9:45 ގަ އެވެ.
މިއަދު އެހާދިސާއާ ގުޅިގެން ފުލުހުން ބުނީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ، އިއްޔެ 9:29 ހާއިރު އެ ސަރަހައްދު މޫދަށް އަމިއްލައަށް އެރޭ މަންޒަރު ފެންނަ ކަމަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާގެ ހަށިގަނޑު ފެންމަތީގައި ހަރަކާތެއް ނެތި އޮތް މަންޒަރު ވެސް ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެމީހާ މޫދުން ނަގާފައި ވަނީ ފުލުހުންގެ ޓޯޔާޑު ކުރިމަތިން ފަޅުތެރެއިންނެވެ. އައިޖީއެމްއެޗުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
އިއްޔެ މަރުވެފައި އޮއްވާ ފެނުނީ އެއާޕޯޓް ޕްރޮޖެކްޓްތައް ހިންގާ ސިންގަޕޫރް ކުންފުންޏެއް ކަމަށްވާ ސުބަރްނާ ޖުރަންގ ކުންފުނީގެ ކޮންސަލްޓަންޓް ހެޑް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އޭނާ އެ އެތަނުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެދާނެ ކަމަށް އެމްއޭސީއެލް އިން ހާމަކުރަށްވައެވެ.

ކިޔުންތެރިންގެ ހިޔާލު