ފަހަކަށް އައިސް މާލޭގައި މަގުމަތިވާ މީހުން ގިނަވަމުންދާތީ އެފަދަ މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދޭން ނިއްމާފައިވާ ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް އޯގަސްޓު މަހު ސަރުކާރުން ހުއްޓައިލުމާއެކު މާލޭގައި މަގުމަތިވެފައިވާ މީހުންގެ ޢަދަދު ވަަރަށް ބޮޑަށް އިތުރުވަމުންދާތީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭޕްރީލް މަހުގައި މާލޭގައި ފުރަބަންދު ހިންގުމަށް ނިންމުމާ ގުޅިގެން 500 އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ފޯރުކޮށްދިން ކަން މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތް މެދުކަނޑައިލުމާއެކު ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހުން މާލޭގައި އިތުރުވުމާ ގުޅިގެން އަލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން މިނިސްޓްރީން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުޑަކުދިން ތިބި ޢާއިލާތަކުގެ ތެރެއިން ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތް ނެތިފައިވާ ޢާއިލާތަކަށްވެސް މިނިސްޓްރީން އެހީތެރިވާނެ ކަމަށް މިނިސްޓަރު ޢާއިޝާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ، މަގުމަތީގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުމަށް ހޯމް މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އަދި މަގުމަތީގައާއި މާރުކޭޓް ސަރަޙައްދުގައި ނިދާ މީހުންގެ މައްސަލަތަކަށް ވަރަށް އަވަހަށް ޙައްލު ހޯއްދަވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މަސްތުވާތަކެތީގެ ފަރުވާއަށް މާލެ ގެނެސްފައިވާ ޒުވާނުން ފަރުވާލިބުން ލަސްވެ މާލޭގެ މަގުމައްޗަށް ގިނަވެ ހާލުގައި ޖެހުމުންދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް އެކަމާ ގުޅޭ ޚާއްސަ ރިޕޯޓެއް "ރަސް އޮންލައިން" ގައި މިއަދު ވަނީ ޝާއިޢުކޮށްފައެވެ.

We are also working with NSPA to provide support for families with children to relocate themselves to places outside Male due to sudden hardships, related to job losses.
— Aishah Didi (@aishamdidi) November 25, 2020
މިނިސްޓަރ ވިދާޅުވީ، މަގުމަތީގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުމަށް ހޯމް މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އަދި މަގުމަތީގައާއި މާރުކޭޓް ސަރަޙައްދުގައި ނިދާ މީހުންގެ މައްސަލަތަކަށް ވަރަށް އަވަހަށް ޙައްލު ހޯއްދަވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މަސްތުވާތަކެތީގެ ފަރުވާއަށް މާލެ ގެނެސްފައިވާ ޒުވާނުން ފަރުވާލިބުން ލަސްވެ މާލޭގެ މަގުމައްޗަށް ގިނަވެ ހާލުގައި ޖެހުމުންދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް އެކަމާ ގުޅޭ ޚާއްސަ ރިޕޯޓެއް "ރަސް އޮންލައިން" ގައި މިއަދު ވަނީ ޝާއިޢުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު