ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އަލަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ ފެށުމަށް ތާވަލްކޮށްފިއެވެ.
މިއީ މިމަހުގެ 18 ވަަނަ ދުވަހަށް ތާވަލް ކުރި އަޑުއެހުމެކެވެ. ނަމަވެސް ރައީސް ޔާމިންގެ އެދިވަޑައިގަތުމަކަށް ޝަރީއަތް އޮތީ ފަސްކޮށްފައެވެ. ކުރިމިނަލް ކޯޓުން މިހާރު ވަނީ މާދަމާ ހެނދުނު 10:00 އަށް އަޑުއެހުން އަލުން ތާވަލުކޮށްފައެވެ.
މާދަމާ ރައީސް ޔާމިންގެ މައްޗަށް ފަށާ މި ދެ ޝަރީޢަތަކީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާގެ ޝަރީއަތެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ބުނީ ރައީސް ޔާމީން ނުފޫޒު ބޭނުން ކުރަށްވައިގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކުރަށްވައިގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމަށެވެ.
މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާއިރު ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ގެންދަވަނީ މަނީލޯންޑްރިންގެ ކުށެއް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ފަރާތުން އެމައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު