‏ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުމުން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަންޖެހޭކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދޮންބިލެއް އަހުމަދު ހަލީމަށް ނަސޭހަތް ދެއްވައިފިއެވެ.

މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމްގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ޖަމީލު ވިދާޅުވީ މަޖިލިސް މެމްބަރަކަށްވުމުން ޖާހިލުންގެ ފަރާތުން މުޖްތަމައަށް ލިބޭ އުނދަގޫތައް ފިލުވައި، ލިބިފައިވާ ހުނަރުގެ ބޭނުން ހިއްޕަވައި ވައްކަމާއި ފޭރުމުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރަން މަސައްކަތް ކުރަށްވަން ޖެހޭކަމަށެވެ.

އަދި މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލާ، ޒާތީނުވެ އިލްމުވެރިންގެ ލަފާ ހޯއްދަވަންޖެހޭކަމަށް ޖަމީލު ވިދާޅުވިއެވެ.



ދޮންބިލެއް އަހުމަދު ހަލީމަށް އިޝާރާތްކުރައްވާ ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ރައީސް މައުމޫނަށް ފާޑުވިދާޅުވެ ދޮންބިލެއް ވަރަށް ބޭއަދަބީ ގޮތަކަށް މުހާތަބު ކުރަށްވައި ވާހަކަ ދައްކަވާފައިވަނިކޮށެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ދޮންބިލެއް ވިދާޅުވީ މިރާއްޖެއަށް ލިބުނު އެންމެ ބޮޑު އަނިޔާއަކީ އަޒުހަރުން އައި މުދިމަކަށް ރާއްޖޭގެ ވެރިކަން 30 އަހަރު ކުރުމަށް ފުރުސަތުލިބުން ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ދޮންބިލެތަށް ފާޑު ކިޔަމުންނެވެ.

މިގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް ލަތީފް ވިދާޅުވީ، ‏އިސްލާމް ދީނުގައި އިމާމުންނާއި މުދިމުންނަށް ދީފައިވާ މަތިވެރި ދަރަޖައާއި މަޤާމު ނޭނގޭ، އުޑެއްބުޑެއް ނުދަންނަ، އަލިފެއް ބާއެއް ވަކިނުވާ ޖާހިލަކު އެކަމަށް ފާޑުކިއުމަކީ، ޤިޔާމަތް ދުވަހުގައި އެމީހުންގެ ޤަދަރު ކުޑަވާނެ ކަމެއް ނޫންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު