ރާއްޖޭގައި ގާއިމްކުރާ "އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމް"ގެ ފްރޭމްވާރކްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވާރކްގެ އެއްބަސްވުމަކީ ޕްރޮޖެކްޓް ފީސިބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާގެ މެޝިނަރީ އިންޖިނިއަރިންއާއެކު ގާއިމްކުރި ފްރޭމްވޯކް އެގްރީމެންޓެކެވެ. މިއީ 2023ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި އަޅާ އިންޓަރނޭޝަނަލް ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމެއް ތަަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތެކެވެ.

ދަ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވޯކް އެއްބަސްވުމަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި ޗައިނާގެ މެޝިނަރީ އިންޖިނިއަރިންއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫގެވެ. އަދި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ރިޕްރެޒެންޓޭޓިވް މިސްޓަރ ލިއު ޖައިއޯޑާއެވެ.

މިސްޓޭޑިއަމްގައި 20 ހާސް މީހުންގެ ޖާގައިގެ ކެޕޭސިޓީއާއި ސިންތެޓިކް ރޭސް ޓްރެކަކާއި ފުޓްބޯޅަ ދަނޑާއި އެހެނިހެން ކުޅިވަރު ޙަރަކާތްތައް ބޭއްވުމަށް ޚާއްސަ ޖާގަ ހިމަނާފައިވެއެވެ. ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ މިސްޓޭޑިއަމް އެޅުމާއެކު ދިވެހި ރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ކުޅުންތެރިންނަށް ވަރަށް ގިނަ ގޮތް ގޮތުން ފައިދާ ކުރާނެކަމަށާއި މިކަމުގެ ސަބަބުންވެސް ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ޗައިނާ ސަފީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުވެ ތެރޭގައިވެސް ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއްކަމަށާއި ދިވެހިރާއްޖެއަށް އެހީވުމަށް އަބަދުވެސް ޗައިނާ އޮންނާނީ ތައްޔާރަށްކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއަށް ޗައިނާގެ ޓުއަރިސްޓުން ކުރިއެކޭ އެއްގޮތަށް އައުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެ ވަރަށްބޮޑު ބޫސްޓެއްކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ޗައިނާއަކީ ވަރަށް ގާތް ގައުމެއްކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން