އެޕިސޯޑް 12
...............
[ގުޅާބަލަ އޮފީސް ނަމްބަރަށް. ދިޔައީ އޮފީހަށޭ ކިޔާފަ.] ޙަސީނާ މިހެން ބުނެފައި އޮފީސް ނަމްބަރުވެސް މާއިޝާއަށް ދިނެވެ. އެއަށްފަހު، އަދުހަމްގެ މިހާރުގެ ޙާލަތުވެސް އޭނާ މާއިޝާއަށް ކިޔައިދިނުމަށްފަހު، އޭނާގެ މާޔޫސްކަމުން މިންޖުކޮށް، އުފަލާއި ހިތްހަމަޖެހުމުގެ އައްސޭރިފަށަށް ގެނެސްދިނުމަށްވެސް މާއިޝާ ގާތު އެދުނެވެ.
އެހެންކަމުން، ލޯބި ކާމިޔާބު ކުރުމުގެ މަސައްކަތަށް މާއިޝާއަށް ބޮޑު ހިތްވަރެއް ލިބުނެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޙަސީނާ ދިން ނަމްބަރަށް އޭނާ ގުޅިއެވެ. ނަޞީބުދިމާކުރި ގޮތުން ފޯން ނެގީވެސް ސީދާ އަދުހަމެވެ.
[އަދުހަމް...އަހަންނޭ....ފޯނުގެ ބެޓެރީ ދިޔައީދޯ؟ ކިހިނެއް ޙާލު؟ އަދުހަމް އަހަރެންގެ ޙާލު ބަލައިނުލިޔަސް، އަހަރެން އަދުހަމާ ދޭތެރޭ ވިސްނަމޭ....] އަދުހަމް އެކޮޅުން ހަލޯއޭ ބުނުމާއެކު، މާއިޝާ ވާހަކަ ދައްކަން ފެށިއެވެ.
[ޙާލުދޯ، ރަނގަޅޭ ބުނަމާ...މާއިޝާ ރަނގަޅުތަ؟] އަޅައަޅައިގެންފައި އަދުހަމް ބުންޏެވެ.
[ރަނގަޅޭ ބުނަމާދޯއޭ ބުނުމުގެ މާނައަކީ ރަނގަޅެއް ނޫނޭ. އަނެއްކާ ލަމްހާއާ މައްސަލައެއް ޖެހުނީތަ؟] ކަނޑައެޅިގެން އެނގިހުރެ، މާއިޝާ އެއްސެވެ.
އަދުހަމް ހިނދުކޮޅަކަށް ހިމޭންވިއެވެ. މާއިޝާ އަންހެނަކަށްވެހުރެ އެ ސުވާލު ކުރީތީވެސް އޭނާ ގާތަށް ރުޅިއައެވެ.
[ނު....ނުޖެހޭ އެއްވެސް މައްސަލައެއް. އަންހެނުން ބޭވަފާތެރިވާން ދަނޭތަ؟ އަންހެނުންނަކީ ނިކަން ތެދުވެރި ވަފާތެރި ބައެއް.] މަލާމާތުގެ ރާގުގައި އަދުހަމް ކުރީ ސުވާލެކެވެ. އެންމެ އަންހެނެއްގެ ސަބަބުން އޭނާ ހުރިހާ އަންހެން ކުދިންވެސް ކުށްވެރިކުރާ ކަހަލައެވެ.
[އަދުހަމް ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ. އަނެއްކާ ލަމްހާ ބޭވަފާތެރިވީތަ؟] މާއިޝާ އެއްސެވެ.
[އާނ..އާނ...މާއިޝާ ތީ އަންހެނަކަށްވީތީވެސް އަހަރެން ރުޅިއާދޭ. ކީއްވެތަ އެއްވެސް ކުށަކާނުލާ އޭނަ އަހަންނަށް މިފަދަ ބޮޑު ކެއްސެއް ދިނީ.....] އަދުހަމްގެ އަޑާއި ރާގު، ހިތާމައިގެ އަސަރުން ބަރުވިއެވެ. ދެލޯ ފެންކަޅިވެއްޖެއެވެ.
[އަދޫ....ހުރިހާ އަންހެނުން އެއްގޮތެއް ނުވާނެ. ހަމަގައިމުވެސް...އަހަރެން....] މާއިޝާގެ އަޑުގައިވެސް ޖަޒްބާތީ އޮއިވަރު ހިނގަން ފެށިއެވެ.
[އަދޫ...އަހަރެން އަދޫއަށް އެހީވަންތަ؟] ލަމްހާގެ މަޤާމަށް އައުމަށް މާއިޝާއަށް ބޭއިޚްތިޔާރުގައި އެދެވުނެވެ. ނަމަވެސް، އެދުވަހު އެއްގަޑިއިރު ފޯނުން ވާހަކަ ދެއްކުނުއިރުވެސް، އޭނާއަކަށް ކާމިޔާބީގެ އެއްވެސް ނިޝާނެއް ނުފެނުނެވެ.
އެހެން ނަމަވެސް، އުންމީދު ކަނޑާލުމަށްފަހު ހަތިޔާރު ބަހައްޓާކަށް އޭނާ ޤަޞްދެއް ނުކުރިއެވެ. އެހީވާން ތިބި ބައިވެރިންގެ ހިތްވަރާ އެކުގައެވެ. އޭނާއަށް އެންމެބޮޑު ހިތްވަރެއް ލިބެނީ އަދުހަމްގެ މަންމައާއި، އޭނާގެ ރަޙްމަތްތެރިޔާ ދިމްނާގެ ފަރާތުންނެވެ.
މިހާރު ޙަސީނާ ވިސްނަމުންދަނީ، ޒުހޫރާ މަޝްވަރާ ކުރުމަށްފަހު، އަދުހަމާ މާއިޝާގެ ކައިވެނި އަވަސް މުސްތަޤްބަލެއްގައި ކުރަން ރޭވުމަށެވެ. މާއިޝާގެ މައިންބަފައިންނާވެސް މަޝްވަރާ ކުރުމަށްފަހުގައެވެ.
[ޒުހޫރު....މިހާރު...އަދުހަމް ފެންނަނީ ވަރަށް އެކަނިވެރިކޮށް އުޅޭތަން....އަހަންނަށް ހީވަނީ ޒުހޫރު ތަންކޮޅެއް ރަނގަޅަށް އެސޮރާ ވާހަކަ ދައްކައިގެން ކައިވެނި އަވަސް ކުރުވަން ވެއްޖެހެން.] ޙަސީނާ ޒުހޫރާ ވާހަކަ ދެއްކީ މެންދުރުގެ ކެއުމަށް އިންޞާފު ކުރަން ތިބެފައެވެ.
[ކައިވެނި ފަސްކޮށްފައިވަނީ، އެދެކުދިންގެ މަޝްވަރާގެ މަތިންނެއްނު.....]
އަލުން އެކަމުގެ ތެރެއަށް ވަންނަން ޒުހޫރު ބޭނުންވާހެނެއް ހިއެއްނުވެއެވެ. އެހެންކަމުން، ޙަސީނާއަށް މަޖުބޫރުވީ، އަދުހަމްގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަ ޒުހޫރަށް ރަނގަޅަށް ކިޔާދޭށެވެ.
[ފިސާރި ތެދެއް؟ ކުރިން ތިކަން އެނގުނުނަމަ، ކައިވެނި ފަސްކުރާކަށް ފުރްޞަތެއް ނުދޭނަމޭ. ދެން އެދެމީހުން ގާތު އަހާނެވެސް ކަމެއް ނެތް. ބަކުރަށް އަންގާ، ގެ ޒީނަތްތެރި ކުރަން...] އަދުހަމް އޭނައަށް އޮޅުވާލީތީ ޒުހޫރު ގާތަށް ރުޅިއައެވެ.
އެހެންކަމުން، އޭނާ ހަމަ އެދުވަހުން އެދުވަހަށް މާއިޝާގެ މައިންބަފައިންނަށް ގުޅައިގެން ކައިވެންޏަށް ތާރީޚްވެސް ކަނޑައެޅިއެވެ. އެކަން އޭނާ އަދުހަމާއި މާއިޝާއަށް އެންގީވެސް ހުރިހާ ތައްޔާރީއެއް ވުމަށްފަހު، އެންމެ މަރްޙަލާގައެވެ.
]ދަރިފުޅާ، މިހާރު ހުރިހާ ކަމެއް ހަމަޖެހިއްޖެ. ކައިވެންޏަށް ތާރީޚްވެސް ކަނޑައެޅިއްޖެ. މިމަހުގެ ތިރީސްވާ ހުކުރު ދުވަހު ކައިވެނިކުރާ ގޮތަށް ބައްޕަމެން މި ހަމަޖެއްސީ. ޕާޓީގެ ކަންތައްވެސް އޮފީހުން އެބަހަމަޖައްސާ.]
ހުރިހާ ކަމެއް ނިންމުމަށްފަހު، ޒުހޫރު އަދުހަމަށް އެ ޚަބަރު ދިނެވެ. އެހިނދު އަދުހަމަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ޙަޤީޤަތުގައި ލަމްހާ، އޭނާއަށް ބޭވަފާތެރިވި ކަމުގައިވިޔަސް، ލަމްހާގެ ހަނދާންތަކަކީ، އެހާ ފަސޭހައިން ދުރުވެވޭނެ ހަނދާންތަކެއް ނޫނެވެ. ލަމްހާގެ ލޯތްބަކީ އޭނާގެ ހިތުގައި އުފަންވި ފުރަތަމަ ޢިޝްޤީ ލޯތްބެވެ. އޭނާގެ ހިތުން ލަމްހާއަށް ދެވުނު މަޤާމް، ހަމަގައިމުވެސް އެހެން ފަރާތަކަށް ޙިއްޞާ ކުރުމަކީ، ކުރެވޭނޭ ކަމެއް ނޫނެވެ.
[ކައިވެނި ކުރެވިދާނެ. އެކަމަކު އަހަންނަކަށް އޭނަދެކެ ލޯތްބެއް ނުވެވޭނެ.] ބައްޕަ ދިޔުމުން އަދުހަމް ވާހަކަދެއްކީ އޭނާގެ މަންމައާއެވެ.
[ތިހެން ނުބުނޭ ދަރިފުޅާ. ކައިވެނިކޮށްގެން އެކުގައި އުޅެ ގިނަ ދުވަސްވީމާ، ލޯބި އުފެދިދާނެ. ލޯތްބަކީ އެކަކު އަނެކަކުގެ އަޅާލުމުގެ ސަބަބުން ނިކަން ފަސޭހައިން އުފަންވާ ޖަޒްބާތެއް.] ޙަސީނާ ދަރިފުޅަށް ވިސްނައިދިނެވެ.
[ނުވާނެ ތިކަމެއް. މަންމާ....އަހަރެން ލަމްހާދެކެ ހާދަ ލޯބިވެޔޭ. މަންމަ ތިބުނީ އެކުގައި އުޅެ ގިނަ ދުވަސްވުމުން ލޯބި އުފަންވެޔޭ...އެއަށް ލޯތްބޭ ކިޔުމުގެ ފުރްޞަތެއް ނޯންނާނެ. އެއީ ފާޑެއްގެ ކުލުނެއް.] އަދުހަމް ހިތްހަމަނުޖެހިފައި ގޮސް ކޮޓަރިއަށް ވަނެވެ. ޙަސީނާ ބޯހޫރާލިއެވެ.
މިހާރު މާއިޝާ ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ގޭތެރޭގައިވެސް އޭނާއަށް ކޮށްފައި ނުކުރާނެ ކަމެއް ނޭނގިގެން އުޅޭކަހަލައެވެ. އެކަމާ އޭނާގެ މަންމަ ގާތަށް ބައެއްފަހަރު ހިނިވެސް އާދެއެވެ.
[މަންމާ، އަޅެ މިއަދު އަހަރެން ހާދަ އުފާވެއްޖެޔޭ. އަހަރެން މިދުވަހަށް އިންތިޒާރު ކުރާތާ ހާދަ ދުވަހެއްވެއްޖެޔޭ.] އުފަލުން ފުރިފައިވާ މާއިޝާ، މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ.
މާއިޝާ އުފަލުން ނަށަނީއެވެ. ލަމްހާގެ ހިތް ހިތާމައިގެ ހޫނުން ފިހެނީއެވެ. އަދުހަމްގެ ހިތް ބޭވަފާތެރިކަމުގެ ދަޅަޔަކުން ހެއްލި ގިރިގެން ދަނީއެވެ. ޙަޤީޤަތް ނޭނގޭ ޙާލުގައެވެ.
ފަހަރެއްގައިވެސް ލަމްހާ އަދުހަމަށް އެސިޓީ ފޮނުވީ އަދުހަމަށް ދެރައެއް ދިނުމުގެ ޤަޞްދަކު ނޫނެވެ. އޭނާގެ ނުކުޅެދޭ ޙާލުގައި، އަދުހަމް ކަހަލަ އޭނާ އިންތިހާއަށް ލޯބިވާ ބައިވެރިޔަކާއެކު ޒަވާޖީ ޙަޔާތް ޙިއްޞާ ކުރަން އޭނާ ބޭނުންނުވީއެވެ. އަދުހަމްގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައެވެ.
ލަމްހާ ހިތާމައާއި ހިތްދަތިކަމާއެކު، އިންޑިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، މާލެއައީ އަދުހަމާއި މާއިޝާގެ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހުއެވެ. އެވާހަކަ އޭނާ ގާތު ބުނީ ސާދުނާއެވެ. ސާދުނާއަކީ ރަޙްމަތްތެރިންގެ ސިއްރު ހިފަހައްޓާ ލާމަސީލު ނަމޫނާއެކެވެ. އެކްސިޑެންޓަށްފަހު، ހޭއެރުމާއެކުހެން ލަމްހާ ސާދުނާއަށް ގުޅިއެވެ. އެދުވަހު އޭނާ އަދުހަމަށް އެކަންތައް ސިއްރުކޮށްދިނުމަށް އެދުނު އެދުން ސާދުނާ ފުރިހަމަކޮށްދިނެވެ.
[ޙަޤީ....ޤަތުގައިވެސް އަދުހަމް މާއިޝާއާ އިންނަނީތަ؟] ކިތަންމެ ކެތްތެރިވާން މަސައްކަތްކުރި ކަމުގައިވިޔަސް، އޭނާއަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އިސާހިތު އޭނާއަށް ރޮއިގަނެވިއްޖެއެވެ. އެހިނދު އޭނާގެ ހިތް އޭނާ ގާތު ބުނާކަހަލައެވެ. ލަމްހާއެވެ. އަމިއްލަ އުފާތައް ޤުރްބާން ނުކުރާށެވެ. އަވަހަށް އަދުހަމްގެ ކައިވެނި ހުއްޓުވާށެވެ. އަދިވެސް އަދުހަމް ލޯބިވަނީ ލަމްހާދެކެއެވެ. އެއީ ބަދަލުވުމެއްނުވާ ލޯތްބެކެވެ. އަމިއްލަ އަތުން އަމިއްލަ ހިތުގައި ޒަޚަމް ނުލައްވާށެވެ.
[ނޫން....ނޫން....އަހަރެން އަދުހަމްގެ އުފާތަކަށް ހުރަހެއްނާޅާނަން. ވަފާތެރި އަންހެނަކާއެކު އަދުހަމް އުފަލުގައި އުޅޭ މަންޒަރު ދެކެން އަހަރެން ބޭނުން....] އަމިއްލަ ހިތާ ދެކޮޅަށް ލަމްހާއަށް ބުނެލެވުނެވެ.
ލަމްހާގެ ރަޙްމަތްތެރިޔާ ސާދުނާވެސް ލަމްހާގެ ހިތާ އެއްކޮޅެވެ. އޭނާވެސް ބުރަވަނީ ލަމްހާގެ ހިތްއެދި ގޮވާގޮތަށް ޢަމަލުކުރުމަށެވެ. އަމިއްލައަށް ހިތް ކަތިނުލުމަށް، އޭނާވެސް ތަކުރާރުކޮށް ލަމްހާ ގާތު އެދެއެވެ. ނަމަވެސް، ލަމްހާ އެނޫން ގޮތެއް ބޭނުމެއް ނޫނެވެ.
[ލަމްހާ...ވަފާތެރިކަންމަތީ ހުރެ ފިރިހެނެއްގެ ކުރިމަތީގައި ބޭވަފާތެރިއެއްގެ ގޮތުގައި ލޭބަލްވުމުގެ ބޭނުމަކީ ކޮބާ؟ ލަމްހާ އަދުހަމްދެކެ ނުލާހިކު ލޯބިވޭ. މިއަދު ލަމްހާ ފުރޮޅުލީ ގޮނޑިއެއްގެ އެހީ ހޯދަން ޖެހުނަސް އެއީ އުފާތަކުން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫން.] ސާދުނާ މަސައްކަތްކުރީ ލަމްހާއަށް ވިސްނައިދެވޭތޯއެވެ.
[ތިހެން ނުބުނޭ ސާދުނާ. އަހަރެން މި ނިކަމެތި ޙާލުގައި އިންދާ، އޭނަ އަހަންނަކާ ނީންނާނެ. އޭނަގެ ދުލުން އަހަރެން ބޭނުމެއް ނޫނޭ ބުނާ އަޑު އަހާހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް. އަހަރެންވެސް ޤަބޫލު ކުރަން، އޭނާ އަހަރެންދެކެ ލޯބިވާކަން. އެކަމަކު އޭނަގެ ފަރާތުން ލޯތްބާއި އަޅާލުން ލިބޭވަރަށް އަހަރެންގެ ފަރާތުން އަޅާލުން ނުލިބެންޏާ، އުދުރަކަށް (އިސާހިތު) އޭނާ އަހަރެން މަތިން ފޫހިކޮށްލާނެ. އޭރުން ލިބޭ ހިތްދަތިކަން މާބޮޑުވާނެ. އެފަދަ ހިތްދަތިކަމެއް އަހަންނަކަށް ބަރުދާސްތެއް ނުކުރެވޭނެ.] ލަމްހާ ރޮއިގަންނަމުން ސާދުނާގެ މޭގައި ބޯއަޅާލިއެވެ.
[މިހާރު ތިކުރާ ހިތާމަތައް ވަކި ކުޑަތަ؟ ތި ދެލޮލުން ކަރުނަ ހިކޭ ވަގުތެއް ނާދޭ. ރޮއިރޮއި ދެލޯ ހީވަނީ ފާރުވެދާނެހެން.] ސާދުނާވެސް ފެންކަޅިވެއްޖެއެވެ.
[ދެން އަހަންނެއް ނުރޯނަން. އަހަރެން ހިތްވަރު ކުރާނަން.] ލަމްހާ ލޮލުގައިވާ ކަރުނަތައް އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު