އެމްޑީޕީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ މިހާކަންވަރަށްކަމަށް ވިދާޅުވެ ކުރީގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާ އިސްލާހު އުވާލުމަށް އެމްޑީޕީގެ މެންބަރުން ދެކޮޅު ހައްދަވާ މައްސަލައިގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަން ވީ ވައުދުތަކުގެ ތެރޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހު ބާތިލްކުރުން ހިމެނޭކަމަށެވެ. ނަމަވެސް އެކަން ކުރުމަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ދެކޮޅު ހަދާފައިވާކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންކަމުން ވައުދުވެފައި، ވައުދުތައް ފުއްދޭނީ މިހާކަންވަރަށްކަމަށް އުޝާމް ވިދާޅުވިއެވެ.



"‏ވެރިކަމަށް އައުމުގެ ކުރިން ވީ ވައުދަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހް ބާތިލްކުރުން. އެ އިސްލާހު ބާތިލްކުރުމަށް މިއަދު ވޯޓަށް އެހުމުން އެކަން ފާހެއްނުވި. ވައުދުވެފަ ވައުދު ފުއްދޭނީ ދެން މިހާކަންވަރަށް" އުޝާމް ވިދާޅުވިއެވެ.

ހުއްދަ ނެގުމަކާ ނުލައި، މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ ކަމާގުޅޭ ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސް ނުވެ، އިއްޔެ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. ނަމަވެސް މިއީ އެމްޑީޕީން އުވާލާނެކަމަށް ބުނި އިސްލާހެކެވެ. އަދި އެމްޑީޕީން މިއިސްލާހު ބާތިލްކުރުމަށް ދެކޮޅު ހަދަނީ އިދިކޮޅު ފަރާތްތަކަށް މުޒާހިރާ ކުރުމުގެ ފުރުސަތު ހަނިކުރުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ހޯމް މިނިސްޓްރީން ދަދިފަހުން ވެސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނަސްފައިވާ މިއިސްލަހާއި އެއްގޮތަށް އެއްވެ އުޅުމަށް ހަނދާން ކޮށްދީ އެނޫން ގޮތަކަށް އެއްވެ ނޫޅެވޭނެ ކަމަށް އިންޒާރުވެސް ދީފައެވެ. އަދި ސަރުކާރުން ގެންދަނީ އެ ގާނޫނާ އެއްގޮތަށް ކުރިން ހުއްދަ ނުހޯދާ ބައްވާ އެއްވުންތަކަށް ހުރަސް އަޅައި އެއްވާ މީހުން ހައްޔަރުކޮށް ފިޔަވަޅު ވެސް އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން