ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހާތިފް ހިލްމީ އައްޔަނު ކޮށްފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހާތިފް ހިލްމީ އައްޔަން ކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި އިސް ފަނޑިޔާރު ކަމުގެ ފަތްކޮޅު ހާތިފްއަށް އަރުވާފައިވަނީ ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ހިސާން ހުސައިން އެވެ.
ޖޭއެސްސީން އިތުރަށް ބުނެފައިވަނީ، ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރި ހާތިފް ހިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ބެޗްލާ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، އަދި ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 11 މަސް ދުވަހު ހިދުމަތްކުރައްވާފައި ވާ ކަމަށެވެ.
ހައިކޯޓުގައި އިސް ފަނޑިޔާރެއްގެ ގޮތުން އެންމެ ފަހުން ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު މަޤާމުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު