ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް އަލްއުސްތާޛު އަޙްމަދު ޝަކީލް އައްޔަން ކުރަށްވައިފި އެވެ.
ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަލްއުސްތާޛު އަޙްމަދު ޝަކީލް އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.
ޤާޟީ ޝަކީލަށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ޙިސާން ހުސައިން އެވެ.
ޖޭއެސްސީން ބުނީ އަލްއުސްތާޛް އަހުމަދު ޝަކީލަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާއިން މާސްޓާސް ހާސިލުކުރައްވާފައިބަ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، ޤާޟީ ޝަކީލް މީގެ ކުރިން ވަނީ ޖުވެނައިލް ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާފައި ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ ގޮތުގައި އެންމެ ފަހުން ހުންނެވީ އަލްއުސްތާޛު އަހުމަދު ހައިލަމް އެވެ. ހައިލަމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ދުރުކުރުމަށް ޖޭއެސްސީން ނިންމާ މަޖިލީހަށް މައްސަލަ ފޮނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު