އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަނީ ސަރުކާރަށް އިތުބާރު ނެތްކަން ކަށަވަރުވާތީކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ހުއްދަ ނެގުމަކާ ނުލައި، މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސް ނުވެ، އަނބުރާ ކޮމިޓީއަށް ފޮނުވާލުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަނީ ސަރުކާރާއި ދޭތެރޭ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ކުޑަވެ، ރައްޔިތުންގެ ހިތްތައް ނުތަނަވަސްކަން އިތުރުވެފައިވާކަން ކަށަވަރުވެފައިވާތީކަމަށެވެ.



އެއްވެ އުޅުން ހަނިވާވޮތަށް ރައީސް ޔާމީން ސަރުކާރުގައި ގާނޫނަށް ގެނެސްފައިވާ އިސްލާހު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އިސްލާހުކުރުމަށް ފޫކަހަމުންދާއިރު މިއީ އިންތިޚާބީ ވަޢުދު ތަކުގައި އެމްޑީޕީން އުވާލާނެކަމަށް ބުނި އިސްލާހެކެވެ. އަދި އެމްޑީޕީން މިއިސްލާހު ބާތިލްކުރުމަށް ދެކޮޅު ހަދަނީ އިދިކޮޅު ފަރާތްތަކަށް މުޒާހިރާ ކުރުމުގެ ފުރުސަތު ހަނިކުރުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ހޯމް މިނިސްޓްރީން ދާދިފަހުން ވެސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނަސްފައިވާ މިއިސްލާހާއި އެއްގޮތަށް އެއްވެ އުޅުމަށް ހަނދާން ކޮށްދީ އެނޫން ގޮތަކަށް އެއްވެ ނޫޅެވޭނެ ކަމަށް އިންޒާރުވެސް ދީފައެވެ. އަދި ސަރުކާރުން ގެންދަނީ އެ ގާނޫނާ އެއްގޮތަށް ކުރިން ހުއްދަ ނުހޯދާ ބާއްވާ އެއްވުންތަކަށް ހުރަސް އަޅައި އެއްވާ މީހުން ހައްޔަރުކޮށް ފިޔަވަޅު ވެސް އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން