ކުރިމިނަލް ކޯޓުގެ ޝަރީއަތަކަށް މިއަދު ހާޒިރުކުރި ރައީސް އަބްދުﷲ ޔާމިން ދެކިލުމަށް އެއްވި ޕީޕީއެމްގެ އަންހެން ސަޕޯޓަރުންތަކަކަށް ބޮޑެތި އަނިޔަތަކެއް ދިވެހި ފުލުހުން ކޮށްފައިވާކަމަށް ޕީޕީއެމުން މިއަދު ބުނެފިއެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާަސަން ހީނާ ވަލީދު "ރަސް އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮޑު ފާލަން ކައިރިއަށް އެއްވި ޕީޕީއެމްގެ އަންހެން ސަޕޯޓަރުންތަކެއް އެތަނުން ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވިއިރު، ޕީޕީއެމްގެ 2 ކަނބަލަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އަދި އެ ކަނބަލުން އެތަނުން ދުރަށް ޖެއްސުމަށް ހަރަކާތްތެރިވީ ފިރިހެން ފުލުހުންކަމަށާއި އެއީ ގާނޫނާއި ހިލާފްކަމެއްކަމަށް ޕީޕީއެމުން ބުނެއެވެ. އަދި އެތަނުން ކަނބަލަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.
ފުލުހުން ހަރަކާތްތެރިވި ގޮތުން ޕީޕީއެމްގެ ކަނބަލުންތަކަކަށް އަނިޔާ ލިބިފައިވާއިރު، މިކަން ހިނގާފައި މިވަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް 16 ދުވަހުގެ ހަރަކާތްތަކެއް ރައީސް ސާލިހު އިއުލާންކުރެއްވިތާ ދުވަހެއްވެސް ނުވަނީހެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިސަރުކާރުން ކުރާ މަސައްކަތުގެ ނިޔަތާމެދު ސުވާލު އުފައްދަމުންނެވެ.

Just a day after President @ibusolih announced 16 days of activism against violence on women, police use excessive force on women. Even the elderly were manhandled and assaulted by male police officers. @caron_rohsler @GermanAmbColo @AusHCSriLanka @AmbassadorZhang @KenRoth pic.twitter.com/QLV6B9TWhp
— Hamdhan Shakeel (@HamdhanShakeel) November 26, 2020
ފުލުހުން ހަރަކާތްތެރިވި ގޮތުން ޕީޕީއެމްގެ ކަނބަލުންތަކަކަށް އަނިޔާ ލިބިފައިވާއިރު، މިކަން ހިނގާފައި މިވަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް 16 ދުވަހުގެ ހަރަކާތްތަކެއް ރައީސް ސާލިހު އިއުލާންކުރެއްވިތާ ދުވަހެއްވެސް ނުވަނީހެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިސަރުކާރުން ކުރާ މަސައްކަތުގެ ނިޔަތާމެދު ސުވާލު އުފައްދަމުންނެވެ.

KOR
MEX
ކިޔުންތެރިންގެ ހިޔާލު