ކުރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން
ކުރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން
ކޯވިޑް ވެފައިމިވަނީ ވަގުންނަށް ލިބުނު ރަނުގެ ފުރުސަތަކަށްކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވީ ކޯވިޑްގެ ސަބަބުން ލޮކްޑައުންކޮށްފައި އޮތް މުއްދަތުގައި އެމްޕީއެލްގެ ތެރޭގައި ހިންގާފައިވާ އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ކޮރަޕްޝަނެއް ފަޅާ އެރުމާއި ގުޅިގެންނެވެ. އެމްޕީއެލްއިން ބުނާގޮތުން މިކޮރަޕްޝަންގެ އަމަލުގައި 8 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

މިކަމަށް އިޝާރާތްކުރައްވާ މަތީން ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ވައްކަން ނޫންކަމެއް ނުފެންނަ ކަމަށެވެ. އަދި ކޯވިޑް ވެފައިމިވަނީ ވަގުންނަށް ލިބުނު ރަނުގެ ފުރުސަތަކަށްކަމަށާއި ކޯވިޑްގެ ހާލަތު ދެންމެން އޮތްގޮތަކަށް ސަރުކާރުން ކޯވިޑްގެ ހާލަތު ދަންމާނެކަމަށް މަތީން ވިދާޅުވިއެވެ.



ކޯވިޑްގެ ތެރޭގައި އެމްޕީއެލްގެ ތެރޭގައި ހިނގި ވައްކަމެއް ފަޅާ އަރާފައިވާ އިރު، ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކެއް ގެނައުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މީގެއިތުރުން ހަމައެދުވަސްވަރު ޓޫރިޒަމް މިނިސްޓްރީ ތެރޭގައި ހިނގި ކޮރަޕްޝަނަކާއި އެންއީއޯސީއަށް ތަކެތި ގަތުމުގައި ހިނގި ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މައްސަލަތައް ބަލާ ކަމަށް ބުނި ނަމަވެސް ދައުވާ ކުރާ ހިސާބަށް ދިއުމުން އެކަށީގެންވާ ހެކި ހުންނަ ކަމަކަށް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން