އައްޑޫ ސިޓީގެ މޭޔަރުކަަމަށް އެމްޑީޕީން ވާދަކުރައްވާ އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރުކަަމަށް އެމްޑީޕީން ވާދަކުރައްވާ އަލީ ނިޒާރު
‏‏އަތޮޅު ތަކަށް ކޮވިޑް ނުފެތުރި ހިފެހެއްޓިފަ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރުކަަމަށް އެމްޑީޕީން ވާދަކުރައްވާ އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެވެސް އެއްމެ ތޮއްޖެހިފައިވާ އެއްސިޓީކަމުގައިވާ މާލޭގައި އެއްވަރެއްގައި ބަލި ފެތުރުން ހިފެހެއްޓިފައި ވަނީ ރައީސް ސާލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރަށް މިކަމުގައި ފާޑުކިޔަނީ ފިތުނަވެރި ވިސްނުމުގައިކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.



ކޯވިޑް ކޮންޓްރޯލްކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ނިޒާރު ތައުރީފްކުރައްވާފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާއި ކަމާބެހޭ އެހެން ފަރާތްތަކުން ވެސް ވަނީ ކޯވިޑް ކޮންޓްރޯލްކުރުމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފްކޮށްފައެވެ. މިގޮތުން ޓެސްޓްކުރުމާއި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައިވެސް ރާއްޖެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންދާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ރަސީދު

30-Nov-2020

ރަނއގަޅު ވާހަކަ އެއް ރައްޔިތުން ކަސްތޮޅު އަޅުވާފަ މުޅި ގައުމު ދަވާލީ



ޓްރެންޑިން