އެޕިސޯޑް 13
...............
[މިހާރު ތިކުރާ ހިތާމަތައް ވަކި ކުޑަތަ؟ ތި ދެލޮލުން ކަރުނަ ހިކޭ ވަގުތެއް ނާދޭ. ރޮއިރޮއި ދެލޯ ހީވަނީ ފާރުވެދާނެހެން.] ސާދުނާވެސް ފެންކަޅިވެއްޖެއެވެ.
[ދެން އަހަންނެއް ނުރޯނަން. އަހަރެން ހިތްވަރު ކުރާނަން.] ލަމްހާ ލޮލުގައިވާ ކަރުނަތައް އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރިއެވެ.
ކައިވެންޏަށްޓަކައި އަދުހަމްގެ ގެވަނީ ނިކަން ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. ކުލަކުލައިގެ ނިވިދިއްލޭ ބޮކިތަކާއި، ކުލަކުލައިގެ މާމެލާމެލިން މުޅި ގޯތިތެރެވަނީ މުއްސަނދި ކުރެވިފައެވެ. ސިފަކުރެވެނީ، ރާއްޖެއިން ބޭރުގެ ޤައުމެއްގެ އާއަހަރު ފާހަގަކުރުމަށް ތައްޔާރުވެފައިވާ މައިދާނެއްހެންނެވެ.
ފަހުގެ ތާރީޚްގައި ވަރަށް މަދުން ނޫނީ މިފަދަ ޙަފްލާތައް، ގޭގެ ގޯތިތެރޭ ބާއްވާތަނެއް ނުފެނެއެވެ. ކޮންމެ ބަޔަކުވެސް އިސްކަންދެނީ ކޮންމެވެސް މަދްރަސާއެއް ނޫނީ ހޯލު ބޮޑު ސަރުކާރުގެ ޢިމާރާތްތަކެވެ. އަދުހަމްގެ ބައްޕަމެން އެ ޙަފްލާ ގޭގައި ބާއްވަން ވިސްނީ، ގޭގައި ބޮޑު ހުސް ހޯލެއް އޮންނާތީއާއި، އެގެއަކީވެސް ގިނަބަޔަކު ދަންނަ ބޮޑު ޢިމާރާތަކަށްވީތީ ކަމަށް ވެދާނެއެވެ.
[ނޫނޭ އެހެންވެއެއް ނޫން، ޕާޓީ މިގޭގައި ބާއްވަން ނިންމީ، އަހަރެން ބޮޑަށް ވިސްނީ ޚަރަދަށް. ބޮޑު ސިންގާ ހޯލެއް އޮއްވައި، ދެހާސް، ތިންހާސް ރުފިޔާ ދީފައި ތަނެއް ހިފުމުގެ ބޭނުމަކީ ކޮބާ. ކިތަންމެ ލިބުނަސް، ޚަރަދު ބަރަދަށް ވިސްނަންވާނެ.] ޒުހޫރު ވާހަކަ ދެއްކީ، އޭނާގެ ޒަމާންވީ ރަޙްމަތްތެރިއެއް ކަމުގައިވާ ޞިއްދީޤާއެވެ. ޞިއްދީޤާއި ޒުހޫރު ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. ދަޢުވަތު ކާޑު ލިބުމުން ޞިއްދީޤު ޒުހޫރަށް ގުޅީއެވެ.
[އެސޮރުވެސް ބޮޑުވީދޯ؟] ސަމާސާ ރާގުގައި ޞިއްދީޤު އަހާލިއެވެ.
[ބޮޑުވީކީ ނޫން. އެސޮރެއް ނޫޅެއޭ އިންނާކަށް. އަހަރެމެން ދެޢާއިލާއިން ރާވައިގެން ކުރާ ކަމެއްމީ....] ޒުހޫރު ހީނގަންނަމުން ބުންޏެވެ.
[ތީކީ ރަނގަޅު ގޮތެއް ނޫން. އެކުއްޖަކު އިންނަންވާނީ، އެކުއްޖަކު ހިތްއެދޭ ކުއްޖަކާ. އަހަރެންގެ ހަމަޔަކީ މިއީ. ހަމަގައިމުވެސް އަހަންނެއް، އަހަރެންގެ ދަރިޔަކަށް އިންނާނެ ކުއްޖަކު ހޯދައެއްނުދޭނަން.] ޞިއްދީޤުގެ ޚިޔާލު ޒުހޫރާ ވަރަށް ތަފާތެވެ.
[ހޯދައިނުދޭނީކީ ނޫން. ޞިއްދީޤު ދައްކާހާ ކުއްޖަކާ ޞިއްދީޤުގެ ދަރިޔަކު ނީންނާނެވިއްޔަ. އަހަރެން އެހެންތަ. އަހަރެންގެ ދަރިފުޅު ހުންނާނީ އަހަރެން ނުބުނެގެން.] ޒުހޫރު ޞިއްދީޤަށް ދެރަ ބަސް ބުނެ، އަމިއްލައަށް ފަޚްރުވެރިވިއެވެ. ހިނިގަނޑެއް ޖަހާލަމުންނެވެ.
[އިތުރަށް މިކަމާ ބަޙުޘްކުރާނީ މިރޭ ތިގެއަށް ގޮސް. މިވަގުތު ބާއްވަނީ.] ޞިއްދީޤު ފޯން ބޭއްވިއެވެ.
ޞިއްދީޤަކީ އެފަދަ އާދަކާދަތަކަށް އަބަދުވެސް ފާޑުކިޔާ މީހެކެވެ. އޭނާގެ ދެކުދިންވެސް ކައިވެންޏަށް ބައިވެރިން ޚިޔާރުކުރީ، އެކުދިން އަމިއްލައަށެވެ. އެކުދިންގެ މަދްރަސީ ދައުރު ނިމި، މަސައްކަތުގެ މައިދާނަށް ނުކުތުމާއެކު، ކޮންމެ ކުއްޖަކަށްވެސް އޭނާ ވިސްނައިދިނީ، އެކުއްޖަކު ހިތްއެދޭ ބައިވެރިޔަކު އިޚްތިޔާރު ކުރިޔަސް ވަރިހަމަ ކަމަށެވެ. އެއީ އޭނާގެ ޠަބީޢަތެވެ. ނަމަވެސް، ޒުހޫރަކީ އެއާ މުޅިން ޚިލާފް މީހެކެވެ.
[ޒުހޫރު...އަހަރެމެން ބުނީތީ ކައިވެނިކޮށްގެން، އެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ލިބިދާނެހެން ހީވޭތަ. އަހަރެން މިހެން މިބުނީ، އިހަކަށް ދުވަހު އެސޮރު ބުނި އެއްޗަކުން....] ކައިވެނި ރޭވުމުގައި އެއްބާރުލި ކަމުގައިވިޔަސް، އަދުހަމްގެ ވާހަކައިން ޙުސްނާގެ ރާގު ބަދަލުވިއެވެ.
[ޙުސްނާ އެކަމާ ނުވިސްނަބަލަ....އަދުހަމް ލޯބިނުވިޔަސް، އެމަންޖެ އަދުހަމްދެކެ ނުލާހިކު ލޯބިވެއެއްނު.] ޒުހޫރު ބުންޏެވެ.
[އަހަރެންވެސް ބެލިން، ތިހެން ބުނެގެން އެސޮރަށް ވިސްނައިދެވޭތޯ.] ޙުސްނާ ބުންޏެވެ. ނަމަވެސް، އޭނާގެ ޚިޔާލު ބަދަލުވި ކަމުގައިވިޔަސް، ޒުހޫރުގެ ނިންމުމެއް ދެނެއް ބަދަލެއް ނުކުރެވޭނެއެވެ. މިހާރު ވަގުތުވަނީ ކުޑަތަންވެފައެވެ.
ރޭވިފައިވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށްދާނަމަ، މިރޭގެ އަށެއްޖަހާއިރު ކައިވެނި ކުރެވޭނެއެވެ. ޙަފްލާގެ ފެށުން އޮތީ ނުވަޔަކުންނެވެ. އެއީ މެހްމާނުން އަންނަން ފަށާ ގަޑިއެވެ.
މާއިޝާ ފެންވަރައި ކުޑަގޮތަކަށް ނަލަހެދިލައިގެން ދިޔައީ، މާލޭގެ މަޝްހޫރު ޒީނަތްތެރިވާ ތަނަކަށެވެ. އެއީ މިހާރު ކައިވެނީގެ ކުރިން ކޮންމެ އަންހެން ކުއްޖަކުހެން ރީތިވާންދާ ތަނެކެވެ. އެތަނުގެ ބިއުޓީޝަނުންގެ ހުނަރުން ޕާޓީގެ ކުރިން ކޮންމެ ކުއްޖެއްގެ މޫނުމައްޗަށްވެސް ތާޒާކަމާއި ހިތްގައިމުކަން ގެނެސްދެއެވެ.
އެހެންކަމުން، މާއިޝާގެ ޤުދްރަތީ ރީތިކަމުގެ ތެރެއަށް ބިއުޓީޝަނުންގެ ހުނަރު ވަނުމުން، މާއިޝާ އިހުނަށްވުރެންވެސް ޗާލެވެ.
[ވަރަށް ރީތި....އެގެއަށް ގޮސް ވަންނައިރަށް އަދުހަމް މޮޔަވެދާނެކަންނޭނގެ....]
ކާރަށް އަރަމުން ދިމްނާ މާއިޝާގެ ނަލަކަމަށް ތަޢުރީފް ކުރިއެވެ. އޭރު އެކާރުގައި މާއިޝާގެ މަންމައާއި ބައްޕައާ ދެމީހުންވެސް ތިއްބެވެ. އެއާއެކު، ކައިވެންޏަށް ކަނޑައެޅިފައިވާ މަންޒިލަށް ކާރު ދިޔުމަށްޓަކައި ދަތުރު ފެށިއެވެ.
[ދަރިފުޅާ...ދަރިފުޅުގެ ހުރިހާ ރައްޓެހިންނަށް ދަޢުވަތު ދެވުނުތަ؟] ކާރު ދުއްވާލުމުން ފިރާޤު އެއްސެވެ.
[އަހަންނަކަށް ދަޢުވަތެއްވެސް ނުލިބުނު. އެކަމަކުވެސް އަހަރެން ބޭނުން، އަދުހަމްގެ އުފަލުގައި ބައިވެރިވުމަށާއި މަރުޙަބާ ކިޔަން އެގެއަށްދާން.] ލަމްހާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ސާދުނާއާއެވެ.
[އޭރުންނޯ!] ސާދުނާއަށް އަހާލެވުނެވެ.
[އޭރުން އޮންނާނީ އަދުހަމާއި މާއިޝާގެ ކައިވެނިވެސް ކުރެވި، އަހަންނަކީ ބޭވަފާތެރިއެއް ނޫންކަންވެސް ހާމަވެފައެއްނު.] ލަމްހާ ބުންޏެވެ. ނަމަވެސް، އެގެއަށްދާކަށް ސާދުނާ އެއްބަހެއް ނުވިއެވެ. އޭނާ ލަމްހާއަށް ވިސްނައިދެނީ އަދި އަދުހަމަށް ފެނުން ރަނގަޅު ނޫން ކަމަށެވެ.
[އަދުހަމާ ބައްދަލުކުރަންޏާ ބައްދަލުކުރަންވާނީ ކައިވެނިވުމުގެ ކުރިން. އޭރުންނެއްނު، އެ ކައިވެނި ނުކޮށް ހުއްޓާލާނީ.] ސާދުނާ ބުނެލިއެވެ. ލަމްހާއަށް ވިސްނައިދިނުމުގެ ގޮތުންނެވެ.
[ތިބީ....ރަނގަޅަށް. އަދުހަމަށް އަހަރެން ފެނިއްޖެއްޔާ އޭނަ މޮޔަވެދާނެ. އަހަރެން އޭނައަށް ފެންނާނީ އޭނާގެ ހިތުން އަހަރެންގެ ނަން ފޮހެވޭހާ ދުވަސްކޮށްފައި.] ކުއްލިއަކަށް އަނެއްކާވެސް ލަމްހާގެ ޚިޔާލު ބަދަލުވެއްޖެއެވެ. ކައިވެނީގެ ފުރަތަމަރޭ އޭނާ އަދުހަމާ ބައްދަލުކޮށްފިނަމަ، ކަންތައްތައް ވެގެންދާނެ ގޮތް އޭނާއަށް ތަޞައްވުރު ކުރެވުނީ ކަމަށް ވެދާނެއެވެ.
އެރޭ އަދުހަމާއި މާއިޝާގެ ކައިވެނި ކުރެވި، އެ އުފަލުގައި އިންތިޒާމްކުރި ޙަފްލާވެސް ބޭއްވުނެވެ. އުފާވެރި ޖައްވެއްގައި ހިތްހަމަޖެހޭ މާޙައުލެއްގައެވެ. އެރޭގެ ޙަފްލާ ކުރިއަށްދިޔައިރު، ދާއިމީ ގޮތެއްގައި އުފަލާއި ހިތްހަމަޖެހުމުގެ އުޖާލާ ހިނިތުންވުން ޙިއްޞާ ކުރަމުންދިޔައީ، ދެފަރާތުގެ މައިންބަފައިންނެވެ. ނަމަވެސް، އަދުހަމާއި މާއިޝާގެ މޫނުމަތީގެ ކުލަވަރު ތަފާތެވެ. ޚާއްޞަކޮށް، އަދުހަމްގެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް އިޙްސާސެއް ފާޅެއްނުވެއެވެ. އޭނާ ހީވަނީ ކަމަކާ ނުތަނަވަސްވެފައި ހުންނަހެންނެވެ. އޮފީހުގެ ބައެއް ރައްޓެހިން އެކަމާ ސުވާލުކޮށް ހެދިވެސްމެއެވެ.
[އަދުހަމް ހާދަ މޫޑު ސަކަރާތްވެފައި ހުރިހެން ހީވެޔޭ.....ކައިވެންޏާ ދޭތެރޭ ހިތްހަމަނުޖެހެނީތަ؟] މާއިޝާ ހިނދުކޮޅަކަށް އަދުހަމާ ދުރަށް ޖެހިލި ދަނޑިވަޅު ބަލާފައި އޮފީސް ރައްޓެއްސަކު އެހިއެވެ. ޖަވާބުގައި އަދުހަމް ގަދަކަމުން ހިނިތުންވެލިއެވެ.
[ނޫނޭ...ކީއްވެ ހިތްހަމަނުޖެހެންވީ. މިއީ އިންސާނެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި ރެއެއްނު. އުފާވެރިކަން މޫނުމަތިން ފާޅުވާން ނެތަސް، އަހަރެންގެ ހިތް އުފަލުން އެބަ ނަށާ.....] އަދުހަމް ގަދަކަމުން ހިނިތުންވެލަމުން ދޮގު ހެދިއެވެ. އޭރު އޭނާއާ ދާދި ގާތުގައި ޝިޔާޒްވެސް ހުއްޓެވެ.
ހުރިހާ ކަމެއް އެނގޭތީ، އޭނާ މާބޮޑު ވާހަކައެއް ނުދައްކައެވެ. ކައިވެންޏާ ދޭތެރޭ އަދުހަމް ދެކޭގޮތް އެންމެ ރަނގަޅަށް އެނގޭ މީހަކީ އޭނާއެވެ. ވުމާއެކު، ކައިވެނީގެ ކުރިން އޭނާވަނީ އަދުހަމަށް ވިސްނައިދިނުމަށް ނިކަން މަސައްކަތް ކޮށްފައެވެ.
އެރޭގެ ޙަފްލާ ނިމުނީ ބާރަގަޑިބައިވެ ބޮޑުވިފަހުންނެވެ. މެހްމާނުންތައް ހުސްވެ، ދެޢާއިލާވެސް ނިދަން ދިޔުމާއެކު، އަދުހަމް އެބަ އަންނަމޭ ބުނެފައި، ސައިކަލަށް އަރައި ދުއްވާލިއެވެ. މާއިޝާ ކޮޓަރިއަށް ވަދެ ޕާރުސަލްތަކަށް ބަލައިލިއެވެ.
ކޮޓަރީގެ ކަނަކަށް ފުނިވަރެއްހެން ޖަހާފައި ހުރި ޕާރުސަލްތަކުގެ ތެރެއިން އޭނާގެ ލޮލުގައި އެންމެ ފަސޭހައިން އަޅައިގަތީ، ހަދިޔާތަކުގެ ތެރޭގައި އޮތް ބޮޑު މާބޮނޑިއަށެވެ. އޭނާ ދޮރު ލައްޕާލުމަށްފަހު، ޕާރުސަލްތަކުގެ ކައިރިއަށް ހުއްޓި، އެ މާބޮނޑި ނަގައިފިއެވެ. އެ މާބޮނޑީގެ ދަށުގައި ތަތްކޮށްފައިވާ ކަރުދާސްކޮޅެއްގައި ލިޔެފައިވާ ލިޔުންކޮޅު މާއިޝާއަށް ފެނުނީ، މާބޮނޑި ބާއްވަން އުޅެނިކޮށެވެ.
ހަމައެއާއެކު، އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. އެލިޔުންކޮޅުގައި ވަނީ ލަމްހާގެ ހެޔޮއެދުންތަކެވެ. އިރުކޮޅެއް ވަންދެން އެއަށް ބަލަން ހުރުމަށްފަހު، މާއިޝާ އެ ކަރުދާސްކޮޅު ވީދާލިއެވެ. އެގަނޑުކޮޅު ފެނިއްޖެއްޔާ، އަދުހަމް ދެރަވާނެކަން އޭނައަށް އެނގޭތީއެވެ.
އަދުހަމް ދިޔައީ ޝިޔާޒްމެން ގެއަށެވެ. އެރޭ ދޭއްޖަހާ ބޮޑުވިއިރުވެސް، އޭނާހުރީ އެގޭގައެވެ. ގެއަށްދާށޭ ބުނެބުނެވެސް އަދުހަމް ނުގޮސް ހުރީއެވެ.
[އަދުހަމް....ތީކީ ރަނގަޅު ގޮތެއް ނޫން. ކައިވެނީގެ ފުރަތަމަ ރޭ އަދުހަމް ތިހެން ހެދީމާ މާއިޝާ ހާދަ ދެރަވާނެޔޭ. ތީކީ ކަމުދާގޮތެއް ނޫން، ދޭ އަވަހަށް.] ޝިޔާޒް އަދުހަމަށް ވިސްނައިދީގެން ގެއަށް ފޮނުވަން ވަރަށް މަސައްކަތް ކުރިއެވެ.
[ނޫނޭ...އޭނަޔަށް ނިދޭހާ އިރުކޮށްފަ އަހަރެން ދާނީ...] ގަޑިއަށް ބަލައިލަމުން އަދުހަމް ބުނެލިއެވެ.
[އަހަންނަށް ނިދޭނެތަ؟ ނިދޭތޯ ވަރަށް މަސައްކަތްކޮށްފިން. އެކަމަކު ލޮލަކަށް ނިންޖެއް ނާދޭ.] ލަމްހާ ވާހަކަ ދެއްކީ، އޭނާގެ މަންމައާއެވެ.
[ދަރިފުޅާ، ކީއްވެތަ ދަރިފުޅަށް ނުނިދޭންވީ. ދަރިފުޅު އަމިއްލައަކަށްނު އަދުހަމާ ވަކިވީ. ދަރިފުޅު ތިގޮތަށް އުޅެންޏާ، މަންމަ ގޮސް އަދުހަމް ގާތު ހުރިހާ ވާހަކައެއް ކިޔައިދީފާނަން.] ޒައިނަބް އިންޒާރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު