މީހުން ދިރިއުޅޭ ރަށްރަށުގެ ބޭރުގައި ބަނގުރާ ވިއްކަން އެމްޑީޕީގެ މެމްބަރަކު ގޮވާލި ގޮވާލުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ލޯކަލް ޓޫރިޒަމް ތަރައްގީކުރާއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ބޭރުގައި ވިޔަސް، ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުން މަޖިލިހުގެ ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން ވަނީ ގޮވާލައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަނގުރަލަކީ ކީރިތި ގުރުއާނުގެ ނައްސުން ސީދާ މަނާ އެއްޗެއްކަމަށެވެ. އަދި މުސްލިމަކު ބަނގުރަލުގެ އެއްވެސް މަންފާއެއް ހޯދައިގެން ނުވާނެކަމަށާއި އަދި މުސްލިމަކަށްވެހުރެ، ކާފަރަކަށް ބަނގުރާ ސާވްކޮށް ނުވަތަ ދީގެންވެސް ނުވާނެކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ އެއީ ބޮޑުވެގެންވާ ހަރާމްކަމެއް ކަމަށާއި އަދި އެއީ ބޮޑު ލައުނަތެއް ހުރިކަމެއްކަމަށެވެ.



ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ހުށަހެޅުއްވި ޓުއަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ މަޖިލިހުގެ މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ރާ ލިބޭ ކަމަށެވެ. ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށަށް ދާ ފަތުރުވެރިންނަށް ވެސް ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި ރަށު ބޭރުގައި ނުވަތަ ފަޅާއި ފަރުގައި ނަމަވެސް، ރާ ވިއްކޭނެ ފަދަ ފެސިލިޓީއެއް ޤާއިމުކުރަން ހުއްދަ ދިނުމަށް ނުވަތަ އެކަން ގާނޫނުގައި ކަނޑައެޅުމަށް އޭނާ ގޮވާލެއްވިއެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައިވެސް އެ ފެސިލިޓީ (ބަނގުރަ ވިއްކޭނެ ގޮތް) ޤާއިމުކުރެވޭނެ ގޮތް، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް ކަނޑުތެރޭގައި ވިޔަސް އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އެރަށުން ބޭރުގައި ލިބޭނެ އިންތިޒާމް އޮންނަންޖެހޭ." ޝިޔާން ވިދާޅުވިއެެވެ.

ޝިޔާންގެ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އަދި އޭނާއަކީ މަޖިލީހުގެ މެމްބަރަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ކައިރީގައި ބަނގުރާ ވިއްކުމަށް ގޮވާލަމުންދާއިރު، އެމްޑީޕީން މީގެކުރިން ވެސް ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް މަސައްކަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ާވަހީދު

05-Dec-2020

ކަނޑައެޅިގެން މުރުތައްދު ވެފައިވާ ބަޔަކު ތިބި އެމްޑީޕީއަށް އިސްލާމީ ގައުމެއްގެ ވެރިކަން ހޯދަދޭން މަސައްކަތް ކުރި މީހެއް ޒައިދަކީ


8

ކިނބޫ

01-Dec-2020

ކަލޭ ރައްދު ދޭނެ ކަމެއް ނެތް. ކަލޭމެން ތާއީދުކުރާ ކަންތައް އެއީ. ކަލޭމެނަށް މުނާފިގުންނޭ މީހުން ކިޔަނީ ތިކަހަލަ ދެފުއްކެހެރި ސިފަ ހުރީމަ. ހުރިހާ ނުބައި ސިފައެއް ކަށީގަ ހިފާފަ ތިބި ބާގައެއް ވެރިކަމަށް ގެންނަން މަރުފަލި ޖަހާފަ އަދި އެވެރިކަމުގަ ކޮނޑު ވިއްދާ ބާތު ކޮށްގެން ތިބެ ތިގޮވަނީ އއގރނ. އަނގަ މަޑުންލައިގެން ތިބޭ ދެންވެސް. ނޫނީ ދަތްޕިލާ .......


-3

ރައްޔިތުމީހާ

28-Nov-2020

ވަގުތުން ހަވަރައް ދޭންވެފަހުރި ސައިތާާނެއް ތިޔަބުނާ ތޮއްޑޫދާއިރާ މެންބަރަކީ



ޓްރެންޑިން