ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މާލެ އިން ރަށް ރަށަށްދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ނުގެންނަ ސަބަބު ހާމަކުރުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގިނަ ސުވާލުތަކެއް އުފައްދަވައިފިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބުދު ﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑް-19 ޖެހެނީ ހަމައެކަނި ރަށްރަށަށް ދަތުރު ކުރާ އާންމު ރައްޔިތުންގެ ފަރާތުންތޯ ސުވާލު ކުރައްވައިފައެވެ. އަދި ސަރުކާރުގެ ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ކޮވިޑް-19 ނުޖެހެނީތޯ އޭނާ ސުވާލު ކުރެއްވިއެވެ.

"އެޗްޕީއޭ އިން ހުއްދަ ދިނީމަ ކޮވިޑް-19 ކައިރި ނުވަނީތޯ؟ އެ ހުއްދައާ އެކު ރައްޔިތުންގެ ހައްގުތަކަށް ވަނީ ކިހިނެއްތޯ؟" ވަރަށް ގިނަ ބަޔަކު މީސް މީޑިއާގައި ފާޑު ކިޔަމުންދާ ކަރަންޓީނުގެ އުސޫލާ ބެހޭގޮތުން ސުވާލު އުފައްދަވަމުން އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުން ފުރަބަންދުގެ ފިޔަވަޅުތަކަށާއި، ކަރަންޓީނުގެ މުއްދަތައް ބަދަލުތައް ގެންނަމުންދަނީ، ބަލި ކޮންޓްރޯލުކުރުމުގައި އެ ޤައުމެއްގައި ހުރި ކެޕޭސިޓީއަކަށް ރިޢާޔަތްކުރުމަށްފަހު ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކާއެކުގައި ކަމަށެވެ.  ރާއްޖޭގައި ފުރަބަންދު ކަރަންޓީނުގެ ގޮތުގައި ކަނޑައަޅާފައިވާ 14 ދުވަހަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ހުރި ވަޞީލަތްތަކާއި ކެޕޭސިޓީއަށް ބަލާނަމަ، ވަރަށް އެކަށީގެންވާ މުއްދަތެއްކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.



ކަރަންޓީނުގެ މުއްދަތުން ހޯދިފައިވާ ހޯދުންތައް ހިއްސާކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ 5 ދުވަހަށް ކަރަންޓީންކޮށްފިނަމަ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ދެނެގަނެވޭނީ އެންމެ 55 އިންސައްތަ މީހުންކަމަށާއި، އޭގެ މާނައަކީ 100 މީހުން ޕޮޒިޓިވްވާއިރު، އޭގެތެރެއިން 45 މީހުން ނޭނގި ދޫވެގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 7 ދުވަހުން ދޫކޮށްލާނަމަ 80 އިންސައްތަ މީހުން ދެނެގަނެވޭއިރު ކޮންމެ 100 އިން 20 މީހުން ދޫވެގެންދާނެކަމަށެވެ. އަދި 11 ދުވަސްކޮށްފައި ދޫކޮށްލާނަމަ 97 އިންސައްތަ މީހުން ދެނެގަނެވޭނެކަމާށާއި، އޭރުން 100 އިން ދޫވެގެންދާނީ 3 މީހުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެކަކުގެ ފަރާތުން 3 މީހުންނަށް، މިގޮތަށް ތިން ގުނަ ތިން ގުނަ ވަމުންގޮސް އަޅުގަނޑުމެންނަށް އެނގޭއިރު މުޅި ރަށުގައި އައުޓްބްރޭކްތަކެއް ފެތުރިގެންދާނެ. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހުރި ޙާލަތަށް ބަލަންއެބަޖެހޭ. މިގޮތަށް އައުޓް-ބްރޭކެއް ޑިޓެކްޓްނުވެ ދާއިރު ރަނގަޅު ފަރުވާއެއްދެވޭނެ ފެންވަރެއްނެތް އަތޮޅުތަކުގައެއް." ޑރ.ނަ ޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު އަމަލުކުރާގޮތަށް 14 ދުވަސްފަހުން ދޫކޮށްލާނަމަ 99 އިންސައްތަ ކަވަރކުރެވޭކަމަށާއި، އޭރުން ކޮންމެ 100 އަކުން ނޭނގި ދޫވުމުގެ ފުރުޞަތު އޮންނާނީ އެންމެ މީހެެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޣުލް

28-Nov-2020

މިހާރުސް ލ. އަތޮޅު ގަމަށް 26 ނޮވެމްބަރ 2020 ގައި ޑރ ހުސައިން ރަޝީދާއާއި އޭނަގެ ބައިވެރިން ވަޑައިގެން އެބައުޅުއްވާ. އަދި މީގެ އިތުރުން ގަމުދާއިރާ މެންބަރު ވިސާމު ވެސް ވަޑައިގެންނެވިއެވެ. ޚަރަންޓީނު ވާކަށް ނުޖެހޭ މީތޯ އެންޑީޕީ އެބުނާ އެންމެންންށް އޮތް ހަމަހަ އުސޫލަކީ.



ޓްރެންޑިން