މީހުން ދިރިއުޅޭ ރަށްތަކުގެ ބޭރުގައި ވިޔަސް، ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލި މަޖިލިސް މެމްބަރު ހޫނު ފެނަށް ވެއްޓުމުން، އޭނާއަށް މީޑިއާ ގޯސްވެއްޖެއެވެ.
ލޯކަލް ޓޫރިޒަމް ތަރައްގީކުރާއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ބޭރުގައި ވިޔަސް، ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް ގޮވާލީ ރައްޔިތުން މަޖިލިހުގެ ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާންއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓުއަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދާ ފަތުރުވެރިންނަށްވެސް ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައިވެސް އެ ފެސިލިޓީ (ބަނގުރަ ވިއްކޭނެ ގޮތް) ޤާއިމުކުރެވޭނެ ގޮތް، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް ކަނޑުތެރޭގައި ވިޔަސް އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އެރަށުން ބޭރުގައި ލިބޭނެ އިންތިޒާމް އޮންނަންޖެހޭ." ޝިޔާން ވިދާޅުވިއެެވެ.
މި ވާހަކަތައް މީޑިއާއިން ރިޕޯޓްކުރުމުން ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާއްމު ރައްޔިތުން ވަނީ ޝިޔާން ދެއްކެވި ވާހަކަ ވަރަށް ބޮޑަށް ކުއްވެރިކުރައްވާފައެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އޭނާވެސް ދެކޮޅުކަމަށެވެ. އަދި މަޖިލިސް ކޮމިޓީގައި ދެއްކި މުޅި ވާހަކަ އޮޅުވާލައިގެން މާނަ އޮޅޭގޮތަށް މީޑިއާއިން ރިޕޯޓް ކުރާތީ ހިތާމަކުރާކަމަށާއި ނޫސްވެރިން މިއަށްވުރެ ޒިންމާދާރުވަން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އަޅުގަނޑުވެސް ދެކޮޅު. މަޖިލިސް ކޮމިޓީގައި އަޅުގަނޑު ދެއްކި މުޅި ވާހަކަ އޮޅުވާލައިގެން މާނަ އޮޅޭގޮތަށް މީޑިއާއިން ރިޕޯޓް ކުރާތީ ހިތާމަކުރަން. ނޫސްވެރިން މިއަށްވުރެ ޒިންމާދާރުވަން އެދެން." ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ދެއްކެވި ވާހަކަ މީޑިއާއިން އޮޅުވާލާފައިވާކަމަށް އޭނާ ބުނެފައިވާއިރު، އާއްމު ގޮތެއްގައި ސިޔާސީ ބޭފުޅުން ހޫނު ފެނަށް ވެއްޓުމުން އަބަދުވެސް ގޯސް ކުރަށްވަނީ މީޑިއާ އެވެ. އެގޮތުން ދާދިފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރޭޑިއޯ ޕްރޮގްރާމެއްގައި "ރޯޔަލް ރޭޕް ކޭސް"އާ ގުޅޭގޮތުން ދެއްކެވި ވާހަކައިގެ ސަބަބުން އޭނާ ހޫނު ފެނަށް ވެއްޓުމުންވެސް ގޯސްވީ މީޑިއާއިން ރިޕޯޓްކުރި ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު