ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރު ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
ފުލުހުން މީގެ ކުރިން ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަން ހާމަކޮށްފައެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ވަނީ ހަ މީހަހައްޔަރުކޮށްފަ އެވެ. އެއީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ.އެ މީހުން ހައްޔަރުކުރީ ކަނޑުމަތީގައި އޮތް ދޯންޏަކުންނާއި ތ. ތިމަރަފުށިން ކަމަށް ފުލުހުން ބުނެ އެވެ. މި ޓެރަރިސްޓް ހަމަލާ އާއި ގުޅޭ މާ ބޮޑު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު