ރައީސް ޔާމީނަކީ ކޯޓު ދޮށަށް ވެއްޓި، ޗަރުކޭސް ދައްކަވާނޭ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޖަލަށް ލިތާ އެއްއަހަރު ފުރުމާއި ދިމާކޮށް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޒެއިން ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެންދަވަނީ ޖަލުގައި އޮންނެވި ރައީސް ޔާމީނާއި ރައީސް ޔާމީންގެ ވަކީލުންނަށް ތަފާތު ޖެއްސުންތައް ކުރަމުންކަމަށެވެ. ނަމަވެސް ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ސާބިތުކަމާއެކުކަމަށް ޒެއިން ވިދާޅުވިއެވެ.
ޒެއިން ވިދާޅުވީ ރައީސް ޔާމީންގެ ހިތްވަރުފުޅު ގަދަކަމުން، އެމަނިކުފާނު ކޯޓަށް ގެންނަވާ މަންޒަރުވެސް ދައްކަން މިސަރުކާރުން ޖެހިލުންވާކަމަށެވެ.
"ރައީސް ޔާމީން ކޯޓަށް ގެންނަ މަންޒަރު ދައްކާކަށް ސަރުކާރުން ބޭނުމެއް ނުވޭ. މީޑިއާއާއި ރައްޔިތުން އެތަނަށް ކައިރިވާނެ ފުރުސަތެއް ނުދޭ. ރައްޔިތުންނަށް ނުދައްކާ އަވަހަށް ފުރުވާލެވޭތޯ ބަލަނީ. ރައީސް ޔާމިން ނުވާނެ އެއްވެސް ހާލެއްގައި ކޯޓު ދޮރުމައްޗަށް ވެއްޓިވަޑައިގެން، އެތާނގައި ފުރޮޅި ވަޑައިގެން، އެމަންޒަރު ދައްކަވާ ބޭފުޅަކަށް. ރައީސް ޔާމީންގެ ހިތްވަރު ވަރަށް ގަދަވާނެ. އެމަންޒަރު ރައްޔިތުންނަށް ފެންނާކަށް މިސަރުކާރުން ބޭނުމެއް ނުވާނެ. ސަރުކާރުން އެއަށްވުރެ މާޖެހިލުންވޭ." ބައްޕާފުޅުގެ ސާބިތުކަން ހާމަކޮށްދެއްވަމުން ޒެއިން ވިދާޅުވިއެވެ.
ޒެއިންގެ ވާހަކަފުޅުގައި ސަރުކާރާއި ސަރުކާރު ކޯލިޝަންގެ ބައިވެރިންނަށް ބަހުގެ ހަމަލާތަކެއް ދެއްވިއެވެ. އެގޮތުން މިއަދު ބާރު އޮވެގެން ކިތަންމެ ކަމެއް ކުރެވިދާނެކަމަށާއި، ނަމަވެސް އެކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއްވެސް އަންނާނެކަން ހަނދާން ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.
"ސަރުކާރާއި ސަރުކާރު ކޯލިޝަނަށް ދަންނަވާލަން އޮތީ، މިދުވަސް ހިނގައިދާނެއޭ.. މިހެން އަބަދަކު ނޯންނާނެ. ﷲ ހަޒްރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހެއްވެސް އޮންނާނެ. ރައްޔިތުން ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ދުވަހެއްވެސް އޮންނާނެ." ޒެއިން ވިދާޅުވިއެވެ.
ޒެއިން ވިދާޅުވީ މިސަރުކާރުގެ ތެރެއިން ފެންނަނީ ގާނޫނީ ކުށްކޮށްފައި، ސިޔާސީ ބަދަލު ހިފާ މަންޒަރުކަމަށެވެ. އަދި ގާނޫނީ ހުވާ ކޮށްގެން މަގާމުތަކުގައި ތިބެނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށާއި، އެނޫން ގޮތަކަށް އެކަން ހިނގާނަމަ ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަމަށް ޒެއިން ވިދާޅުވިއެވެ.
ޒެއިންއަކީ މީޑިއާއަށް އާއްމު ގޮތެއްގައި އިންޓަވިއު ދެއްވާ ބޭފުޅަކަށް ނުވިނަމަވެސް، ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އަހަރެއްވުމާއި ގުޅިގެން ދެއްވި އިންޓަވިއުގައި އޭނާ ވަނީ ބައްޕާފުޅުގެ ވެރިކަމުގައި ރާއްޖެއަށް ހޯއްދަވައިދެއްވި ތަރައްގީއާއި ކުރިއެރުން ވެސް ފާހަގަކުރައްވާފައެވެ.
"ފުދުންތެރި 5 އަހަރު. ބަލާލި ކޮންމެ ދިމާލަކުންވެސް އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއެރުންތަކެއް ގެނެސްދެއްވި 5 އަހަރު. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ 5 އަހަރު. ނުވާނެކަމަށް ސިޔާސީ މުފައްކިރުން ވިދާޅުވި ކަންކަން ކޮށްފައި އެހެރީ." ބައްޕާފުޅު ގެނެސްދެއްވި ތަރައްގީއަށް އަލި އަލުއްވާލައްވަމުން ޒެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު