އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ހަގީގީ ކުށްވެރިން މިއަދު ވެސް ތިބީ ގޭގައި ސަރުކާރުގެ ހިމާޔަތުގައި ކަމަށް އެމައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބުދު ﷲ ޔާމިން ދޮށީ ދަރިކަލުން ޒެއިން އަބުދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލުގެ ހުކުމެއް އިއްވިތާ އެއް އަހަރު ފުރުމާއި ގުޅިގެން މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެއްގައި ޒޭން ވިދާޅުވީ އޭނާގެ ބައްޕާފުޅުގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށެވެ. އެކަމަށް ދަލީލު ލިބޭ ކިތަންމެ ހެއްކެއް އެބަހުރި ކަމަށާއި އޭގެ އެތައް ކަމަކީ އެންމެންގެ ކުރިމަތީ ހިނގާދިޔަ ކަންކަން ކަމަށް ޒެއިން ވިދާޅުވިއެވެ.
ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައް ޒެއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މައްސަލަ ބައްލަވަމުން ގެންދެވި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަަމް ކުއްލިއަކަށް ސަސްޕެންޑް ކުރުން އެއީ ޖޭއެސްސީގައި ތިއްބެވި ސިޔާސީ ބޭފުޅުން އިސްވެ ކުރެއްވި ކަމެއް ކަމަށް ޒެއިން ވިދާޅުވި އެވެ.
އަދި ހައިލަމް އިސްތިއުފާ ދެއްވީ މަޖުބޫރު ކުރުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީނަށް ހުކުމް އިއްވަން ހަވާލު ކުރި ފަނޑިޔާރަކީ ތަޖުރިބާއެއް ނެތް ފަނޑިޔާރެއް ކަމަށާއި، އެ ހުކުމަށްފަހު ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން "ހަދިޔާ" ކޮށްފައިވާއިރު އެއީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެވުނު "އިއުތިރާފެއް" ކަމަށް ޒެއިން ވިދާޅުވިއެވެ.
"އެހެންވީމަ ރައީސް ޔާމީނަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ބަައްޕާފުޅަށް އިއްވާފައިވާ ހުކުމާއި ގުޅޭގޮތުން ޒެއިން ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވާފައިވަނީ ވެސް "ފާސިގުން" ގެ ހެކި ބަހަށް ބިނާކޮށް ކަމަށް ވެސް ޒެއިން ވިދާޅުވި އެވެ. އަދި ހަގީގީ ކުށްވެރިން މިއަދު ވެސް ތިބީ ގޭގައި ސަރުކާރުގެ ހިމާޔަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ވެސް އުފައްދާފައިވާ ދެ ދައުވާ ކަމަށާ ބޭނުމަކީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނެތިކޮށްލުން ކަމަށް ޒެއިން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމިންގެ ހާލުކޮޅު ރަނގަޅު ކަމަށް ޒެއިން ވިދާޅުވިއެވެ.
"ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަން މަތީ އިނގޭތޯ. ރައީސް ޔާމީނަކީ ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން. މިއަދު ވެސް ގައުމީ މަސްލަހަތު އިސް ކުރައްވަނީ،" ޒެެއިން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމަކީ މިފަހުގެ ތާރީހު ދުށް އެންމެ ކާމިޔާބު ފަސް އަހަަރު ނަމަވެސް އެމަނިކުފާނު ވެރިކަން ކުރެއްވީ ވަރަށް ދަތި ހާލުގައި ކަމަށް ޒެއިން ވިދާޅުވިއެވެ. އެ ވެރިކަން ބަލިކަށިކޮށް ނިކަމެތި ކުރުމަށް ވާދަވެރިން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޒޭން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިންމަން އޭރުގެ އިދިކޮޅުން ތިން ފަހަރު ބަޣާވާތް ކުރަން މަސައްކަތް ކުރި ކަމަށް ޒެއިން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ހިމެނޭ ހަގީގީ ކުށްވެރިން މިއަދު ވެސް ތިބީ ގޭގައި ސަރުކާރުގެ ހިމާޔަތުގައި ކަމަށް ޒެއިން ވިދާޅުވަނީ އެމައްސަލައިގައި މުގުލުގައި ތިބި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަބުދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައި ތިބުމުންނެވެ.
ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި ހިމެނޭ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ރައީސް ޔާމިނަށް ސީދާ ގޮތެއްގައި މަންފާ ތަކެއް ކޮށްފައިވާކަމަށް އެޚިޔާނާތުގައި ދެން އިސްކޮށް ތިބި ކަމަށް ބުނާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެކުންފުނީގެ ކުރީގެ އެމްޑީ ޒިޔަތު ވަނީ ޝަރީޢަތުގެ އެކި މަރުހަލާ ތަކުގައާއި ތަހުގީގީ އެކި މަރުހަލާތަކުގައި ވިދާޅުވެ ބަޔާން ވެސް ދެއްވާފައެވެ.
ރައީސް ޔާމިން މިހާރު ޖަލުގައި އޮންނެވީ ނުހައްގުން ކަމަށާއި އެމަނިކުފާނަށް މިހާރު ދެމުން ގެންދަނީ ނުހައްގު އަނިޔާތަކެއް ކަމަށް އެމަނިކުފާނުގެ ދަރިކަލުން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރު ރާއްޖޭގެ އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ ސިޔާސީ ދައުވާ ތަކެއް ކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް ވިދާޅުވެފައި ވެއެވެ. އެގޮތުން ރައީސް ޔާމިންގެ ވެރިކަމުގައި ދައުލަތުން ދައުވާ އުފުލައި ޖަލަށްލި ލީޑަރުންގެ ތެރޭގައި އެމަނިކުފާނުގެ އެއްބަފާ ބޭބެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫން ވެސް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު