ބަނގުރާ އިތުރަށް އާންމުކުރަންކުރާ މަސައްކަތަކީ މުޖްތަމަޢު ފަސާދަކުރުމަށް ކުރެވޭ ކަމެއްކަމަށް ޝައިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
ޝައިހް އަލީ ޒާހިރު މިހެން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގެ ބޭރުގައި ނަމަވެސް ފަތުރުވެރިންނަށް ބަނގުރާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާން ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން ޝައިހް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަނގުރާ އިތުރަށް އާންމުކުރުމަށް މަގުފަހި ކުރަން މަސައްކަތް ކުރުމާއި އެކަމަށް ވަކާލަތު ކުރުމަކީ މުޖްތަމަޢު ފަސާދަކުރުމަށް ކުރެވޭ ކަމެއްކަމަށެވެ. އަދި މަސްތުވާ ހުރިހާ ބާވަތަކަށް ނޫނެކޭ ބުނުމަށް ޝައިހް ޒާހިރު ވަނީ ގޮވާލައްވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓުވަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު ޝިޔާން ވިދާޅުވީ ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދާ ފަތުރުވެރިންނަށްވެސް ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދޭ ކަމެއް ކަމަށެވެ.
މިމައްސަލައިގައި ޝިޔާނަށް ވަރަށް ބޮޑަށް ކިޔައި "ހޫނުފެނަށް ވެއްޓުމުން" ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އޭނާވެސް ދެކޮޅުކަމަށެވެ. އަދި މަޖިލިސް ކޮމިޓީގައި ދެއްކެވި މުޅި ވާހަކަ އޮޅުވާލައިގެން މާނަ އޮޅޭގޮތަށް މީޑިއާއިން ރިޕޯޓް ކުރާތީ ހިތާމަކުރާކަމަށާއި ނޫސްވެރިން މިއަށްވުރެ ޒިންމާދާރުވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ބަނގުރާ އިތުރަށް އާންމުކުރުމަށް މަގުފަހި ކުރަން މަސައްކަތް ކުރުމާއި އެކަމަށް ވަކާލަތު ކުރުމަކީ މުޖްތަމަޢު ފަސާދަކުރުމަށް ކުރެވޭ ކަމެއް. މަސްތުވާ ހުރިހާ ބާވަތަކަށް ނޫނެކޭ ބުނަމާ!
— Ali Zahir bin Saeed (@alizahirsaeed) November 28, 2020
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓުވަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު ޝިޔާން ވިދާޅުވީ ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދާ ފަތުރުވެރިންނަށްވެސް ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދޭ ކަމެއް ކަމަށެވެ.
މިމައްސަލައިގައި ޝިޔާނަށް ވަރަށް ބޮޑަށް ކިޔައި "ހޫނުފެނަށް ވެއްޓުމުން" ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އޭނާވެސް ދެކޮޅުކަމަށެވެ. އަދި މަޖިލިސް ކޮމިޓީގައި ދެއްކެވި މުޅި ވާހަކަ އޮޅުވާލައިގެން މާނަ އޮޅޭގޮތަށް މީޑިއާއިން ރިޕޯޓް ކުރާތީ ހިތާމަކުރާކަމަށާއި ނޫސްވެރިން މިއަށްވުރެ ޒިންމާދާރުވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު