މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޑް ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ 10:00 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ ގައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ އެކްސިޑެންޓް ހިނގިއިރު ސައިކަލް ފަހަތުގައި އިން އުމުރުން 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެކްސިޑެންޓް ހިނގި ވަގުތު ސައިކަލް ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ބާރު ސްޕީޑްގައި މާލެ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ބޮޑުތަކުރުފާނު މަގާ ދިމާލަށް ނިކުތް ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ދުވާ ޓްރެކް މައްޗަށް އެރުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު