ރައީސް ޔާމިން އަދި ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު
ރައީސް ޔާމިން އަދި ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު
އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީލޯންޑަރ ކުރެއްވިކަން ސާބިތުވެ ކުރީގެ ރައީސް އަބުދުﷲ ޔާމިން ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު އެ ހުކުމަށް އަހަރުވެގެން ދިޔައިރު އެ ފައިސާ ދައުލަތަށް ނުދެއްކެވުމަކީ ދެރަ ކަމެއް ކަމަށް މޯލްޑިވިސް ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީލޯންޑަރިންގެ އަމަލެއް ހިންގެވިކަން ރައްޖޭގެ ޝަރުޢީ މަރުހަލާގެ ތެރެއިން ސާބިތުކޮށް ރައީސް ޔާމިން 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމިންގެ ހުކުމަށް އަހަރު ފުރުމާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި އިހްތިޖާޖްކޮށްފައެވެ. އެކަމަށް އިޝާރަތް ކުރައްވައި މޯލްޑިވިސް ރޯޑް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ ރާއްޖޭގައި ވައްކަން ކޮށްގެން ޖަލަށްލި ހަމައެކަނި ރައީސަކީ ރައީސް ޔާމިން ކަމަށެވެ. ރައީސް ޔާމިންގެ މައްޗަށް ކުރި ހުކުމާއި އެއްގޮތަށް 5 މިލިއަން ޑޮލަރު ދައުލަތަށް ނުދައްކާ އެއް އަހަރު ވެގެންދިޔުމަކީ ދެރަކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރުގަދަ ޕާޓީއެއް ކަނޑު ފައްތާލި އަނިޔާވެރިކަން އަލުން އިއާދަނުކުރެވޭނެ." މޫސާ އަލިމަނިކު ވިދާޅުވިއެެވެ.

ރައީސް ޔާމިނަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި، އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެ އެވެ. ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެމައްސަލައިގެ އަޑުއެހުންތައް ނިމުނުތާ 3 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެމައްސަލައިގައި ހުކުމް ކުރުން ލަސްވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކކކ

01-Dec-2020

މޫކޭ! ކޮން ވަގެއް ކޮން ވަގެއް! މިސަރުކާރަކު ނުހުންނާނެ ވަގުބީތާއެއް ނޫން އެއްޗެއް. އެހެންވެ މިއަހަނީ. ކޮން ވަގެއް މީ ކޮން ވަގެއް?


0

މިއަދު

01-Dec-2020

މޫކޭގެ ގަމާރުކަމުން މަހަމަ އަންތަރީސްވެއްޖެ އިސްތިއުނާފަކީ އޮތް އެއްޗަކަށްވާއިރު އަދި އިސްތިއުނާފްގެ އަޑުއެހުންތައްނިމި ހުކުމްކުރަންނުކެރިތިބި އޮތްސަރުކާރެއް މިނޫނީ މަނުދެކެން އެކަން ނުނިމެނީސް ފައިސާދެއްކުމަކީ ކޮށްގެންވާނެވެސްކަމެއްނޫން ގައުމުހިންގާނެ ފައިސާހޯދަން ނުއެގޭނަމަ އިސްތިއުފާދީބަލަ


4

ބޭބެ

30-Nov-2020

ފައްކާ ބޮލުރޮއްޖެއް



ޓްރެންޑިން