އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ
އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ
އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ވާދަކުރަމުންދާ އަލީ އަޝްފާގުގެ ގޯލުން ވަރަށް ގިނަ ކަންކަން ހާމަވާކަމަށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ވިދާޅުވެއްޖެއެވެ.

ޓްވިޓަރގައި އަޝްފާގުގެ ގޯލަށް ތާއީދު ހޯދުމަށް މަސައްކަތްކުރެއްވި ކެރޮން ވިދާޅުވީ ބްރެކްޓް ޗެލެންޖުގެ ވާހަކަ އޭނާއަށް ފުރަތަމަ ފެނުނީ ޓްވިޓަރއިންކަމަށާއި، އޭރު އެއީ ކިހިނެއްވާކަމެއްކަން ނޭނގޭކަމަށެވެ.

"ބްރެކެޓް ޗެލެންޖުގެ ވާަހަކަތައް އަޑު އިވުނީ ޓްވިޓަރއިން. އޭރު ނޭނގޭ މިއީ ކިހިނެއްވާ ކަމެއްކަމެއް. އޭގެފަހުން ނިއުޕޯޓް ހުންނަ ސަރަޙައްދުން އެއާ ގުޅޭ ބޮޑު ޕޯސްޓަރެއް ފެނުނު. އޭގެފަހުން ނިންމީ މިއީކިހިނެއްވާ ކަމެއްތޯ ބަލަން. އަދި އަލީ އަޝްފާގު މި ޗެލެންޖު ކާމިޔާބުކުރަންް ވަރަށް ގާތްކޮށްފިކަން އެނގުނު. އެހާހިސާބުން އޭނާއަށް ޓްވިޓަރގައި ތާއީދުކުރަން ފެށިން." އަޝްފާގަށް ބްރެކެޓް ޗެލެންޖު ކާމިޔާބުކޮށްދިނުމަށް އެހީތެރިވުމުގެ މަސައްކަތް ފެށި ގޮތް ހިއްސާކުރައްވަމުން ކެރޮން ވިދާޅުވިއެވެ.



ކެރޮން ވިދާޅުވީ އޭނާއަށް އަޝްފާގުގެ ގޯލު "ސަޅި" ވަނީ ބައިވަރު ސަބަބުތަކަކާއެކުކަމަށެވެ.

"ކީއްވެ އަހަންނަށް އެގޯލު އެހާ ސަޅިވީ؟ ޓެކްނިކަލީކިހާމޮޅު ގޯލެއްތޯ ނިންމަން ދޫކޮށްލަނީ އެކަމުގެ ތަޖުރިބާކާރުންނަށް އަހަންނަށް ފެނުނީ އެހެން ކަމެއް، އެއީ ޕާރސިސްޓަންސް ނުވަތަ ފަސްނުބަލައި، ކުރިއަށްދިއުން.. ބަލާބެލުމަށް ވަރަށް ފަސޭއިން ގޯލް ޖަހަން އުޅޭހެން ހީވިޔަސް، ވަކި ހިސާބަކުން އިތުރު ޑިފެންޑަރުން އޭނާއަށް ހުރަސް އަަޅަން އާދޭ. ޓެކްލްތައް ކުރަމުންދިޔަނަމަވެސް އަޝްފާގުގެ މަސައްކަތް ހުއްޓާނުލައި، ކުރިއަށްގެންގޮސް އޭނާ އެ ގޯލު ކާމިޔާބުކުރި." ކެރޮން ވިދާޅުވިއެވެ.

ކެރޮން ވިދާޅުވީ އަޝްފާގުގެ ގޯލުން ފާހަގަވާ އަނެއްކަމަކީ ދިވެހިންނަކީ ބައެއް ކަންކަމުގައި ކިތަންމެ ޚިޔާލު ތަފާތު ބަޔަކަށް ވިޔަސް، ގުޅިގެން މަސައްކަތްކުރަންޖެހިއްޖެ ހާލަތެއްގައި، ގުޅިގެން މަސައްކަތްކޮށް ކާމިޔާބު ހޯދާނެ ބައެއްކަމެވެ.

"ދިވެހިންގެ ތެރޭގައި ޚިޔާލު ތަފާތުވާ ކަންތައްތައް ހުއްޓަސް، މިފަދަ ކަންކަމުގައި ދިވެހިންނަކީ އެއް ގަލަކަށް އަރާ ބައެއްކަން. އެންމެން ގުޅިގެން އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ ދުނިޔެއިން ވަރަށް ނުފެންނަ ކަމެއް، އަޅުގަނޑުމެން ކުރިމަތިލާ އެހެން ކަންކަމުގައި މި އެކުވެރިކަން ދައްކަންޖެހޭ." ކެރޮން ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުުުުގައިވެސް ގުޅިގެން މަަސައްކަތްކޮށް ދިމާވާ އެކިި ކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ކެރޮން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

މުޙައްމަދު

02-Dec-2020

އަހަރެންނަށް ފާހަގަވި ކަމެއް ބުނަންތަ. ދިވެހިންނަކީ އަބަދުވެސް އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބެދާނެތީ، މާހެޔޮއެދޭ ބައެއްކަމަށް ދައްކައިގެން، ދިވެހިންގެ ތެރޭގައި ފިތުނައުފައްދައިގެން ޑިވައިޑު އެންޑު ރޫލުގެ އުސޫލު ހިންގާ މީހުންވެސް އުޅޭކަން


3

މުހުތާރު

01-Dec-2020

ބޭރުގެ ސަފީރަކުގެ ވިސްނުން ދިވެހިންނާއިމެދު ހުރިގޮތް އުފާކުރަން...


4

ވަންޏާ

30-Nov-2020

އެކަމަކު ބުނަން އިސްލާމް ދީނާ ދެކޮޅުހުކަމެއްގަ އަަރެމެން ތިކޮޅަކަށް ނާރާނަން


2

ހަސަން ނިހާދު

30-Nov-2020

ކެރޮން ދިން މެއްސެޖުން ވަރަ އުފާ ވެއްޖެ މި ދިވެހިން ގެ ނިމުން ފުރިހަމައް ވީމައް



ޓްރެންޑިން