އަލީ އަޝްފާގު (ދަގަނޑޭ
އަލީ އަޝްފާގު (ދަގަނޑޭ
ދިވެހިންނަކީ ގައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން ދައްކައިދީފި ކަމަށް ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ވާދަކޮށް ދިވެހިންގެ ގިނަ ބަޔެއްގެ ވޯޓާއެކު އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އެޗެލެންޖް ކާމިޔާބުކޮށްފައެވެ. އެ ކާމިޔާބީ އާއި ގުޅިގެންރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ދިވެހިރާއްޖެ އަށާއި ރާއްޖޭގެ ފުޓުބޯޅައަށް ލިބުނު ރީތި ނަމެއް ކަމަށެވެ.

ދިވެހިންނަކީ އާބާދީގެގޮތުން މީސްކޮޅު މަދު ގައުމެއް ނަމަވެސް ބޮޑެތި ގައުމުތައް ފަހަތަށް ޖައްސާލުމަށްފަހު މިއަދު ރާއްޖެ ދުނިޔެ އަށް ދައްކައިދިނީ ދިވެހިންނަކީ ގައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބަޔެއް ނޫންކަން ކަމަށް ދަނގަޑޭ ބުނެފައިވެއެވެ.

"އޭއެފްސީ ބްރެކްޓް ޗެލެންޖް ކާމިޔާބު ކުރުމަށް އަޅުގަނޑަށް ވޯޓްލުމުގަޔާއި ވޯޓް އިތުރުކޮށްދިނުމަށް އެބޭފުޅެއްގެ އަގުހުރި ވަގުތު ހޭދަކުރެއްވި އެންމެހައި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން." ދަގަނޑޭ ބުންޏެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ވޯޓުލުމުގެ ސުންގަޑި މިއަދު މެންދުރު 01:00 އަށް ވަނީ ހަމަވެފައެވެ. ސުންގަޑި ހަމަވީއިރު ފައިނަލްގައި ދަގަނޑޭ ވަނީ 81.14 އިންސައްތަ ވޯޓް ހޯދާފައެވެ. އާބާދީބޮޑު ހޮންގް ކޮންގްގެ ކުޅުންތެރިޔާއަށް ލިބުނީ އެންމެ 10.86 އިންސައްތަ ވޯޓެވެ.

އޭއެފްސީން ކުރިއަށް ގެންދިޔަ ބްރެކެޓް ޗެލެންޖުގައި 32 ކުޅުންތެރިން ވާދަކުރިއެވެ. މި ޗެލެންޖަކީ އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައި ހުރި މޮޅެތި ސޯލޯ ގޯލުތައް ގިންތި ކުރުމަށް ބޭއްވި މުބާރާތެކެވެ. ވާދަވެރި ރައުންޑްތަކަކަށްފަހު އަޝްފާގު ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލް ބުރުގައި ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައިގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވޯޓުލުން ނިމުނު އިރު އަޝްފާގު ކުރީގައި އޮތީ 54،68 ވޯޓުންނެވެ. އޭނާގެ ވާދަވެރިޔާ ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ. ފައިނަލުގެ ވޯޓުލުން މިއަދު 1:00 އަށް ނިމުނު އިރު އަޝްފާގު ކުރި ހޯދީ ބޮޑު ތަފާތަކުންނެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނޭ އަޝްފާގުގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ހޮވިފަ އެވެ. ދަގަނޑޭ ވަނީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތްވަނައިގައި ވެސް ހިމެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން