ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާ ގޮވާލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަކުރާރު ކުރައްވައިފިއެވެ
އެމަނިކުފާނު، މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ސޯލިހް ކުރެއްވި ޓުވީޓްގައި ފަލަސްތީނުގައި އަމަންއަމާންކަމާއި، އިންސާފު ޤާއިމުކޮށް، މިނިވަން ދައުލަތެއް އެކުލަވާލުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއެކު ދެމިތިބޭނެކަން ހާމަކުރެއްވިއެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ތަޙައްމަލުކުރަންޖެހިފައިވާ ހިތްދަތިކަމާއި ދިރިއުޅެމުންދާ ދަތި އުނދަގޫ ޙާލަތު ބަދަލުކޮށް، ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މިމަހުގެ 27 އިން 28ހަށް ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަން ދަޢުލަތުގެ ވެރިރަރަށަކީ އިރުމަތީ ޤުދުސްކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާކަން ހާމަކޮށްފައެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާއި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު